ހަންގަނޑުގެ ކުލަ އަލި ކުރުމަށް ބޭނުންކުރާ ޕްރޮޑަކްސްޓްސް ތައް ޕްރޮމޯޓް ނުކުރާނެ ކަމަށް ސުނިލް ޝެޓީގެ އަންހެންދަރި އާތިޔާ ޝެޓީ ބުނެފި އެވެ.
އާތިޔާ މިހެން ބުނެފައިވާއިރު އޭނާ ވަނީ ހަންގަނޑުގެ ކުލަ އަލިކުރާ ބައެއް ޕްރޮޑަކްޓްތަކުގެ ބްރޭންޑް އެމްބެސެޑަރުކަން ލިބުމުން އެކަންވެސް ދޫކޮށްލާފަ އެވެ.
އާތިޔާ އޭނާގެ ވިސްނުން މިކަމުގައި ހާމަކޮށްފައިވާއިރު ބޮލީވުޑް ބައެއް މަޝްހޫރު ބަތަލާއިން އަންނަނީ ހަންގަނޑުގެ ކުލަ އަލިކުރާ އުފެއްދުންތައް އިސްތިހާރު ކުރަމުންނެވެ. ނަމަވެސް މިކަމުގައި އާތިޔާގެ ހިޔާލު ތަފާތެވެ. އޭނާ ބުނެފައިވަނީ ރީތިވަނީ އެމީހަކު ހުންނަ ކުލައިން ނޫން ކަމަށާއި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ބަލާލުމުން އެކަން އެނގިގެންދާނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް