ބޮލީވުޑް ފިލްމުތަކަށް ލޯބިކުރާ ގިނަ ބަޔަކަށް މި ދެ ތަރިންގެ ޖޯޑު ވެގެން ގޮސްފައިވަނީ ވަރަށް ކަމުދާ ޖޯޑަކަށެވެ. އެކުގައި އެތައް ހިޓް ފިލްމުތަކެއް ކުޅެފައި ވެ އެވެ. އޭގެ ތެރޭގައި "ރާޖޫ ބަންގަޔާ ޖެންޓަލްމޭން، ޑަރް، ޕަރްމާތުމާ، ރާމްޖާނޭ، ޔެސްބޮސް އަދި ޑުޕްލިކޭޓް" ހިމެނެ އެވެ.
ޒަމާން ތަކަކަށްފަހު މި ދެ ތަރިން އަނެއްކާވެސް އެކުގައި ފެނިގެން ގޮސްދާނެކަމުގެ އަޑުތަކެއް މިވަނީ ފެތުރިފަ އެވެ.
ބޮލީވުޑް ހަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނެފައިވާގޮތުގައި މި ދެ ތަރިން ވަނީ ބޮލީވުޑް ފިލްމު ޑައިރެކްޓަރު އަނަންދު އެލް ރާއީގެ ފިލްމަކަށް ސޮއި ކޮށްފަ އެވެ. ނަމަވެސް މި ހަބަރު އެއްވެސް ފަރާތަކުން ރަސްމީކޮށް ހާމަކޮށްފައެއް ނުވެ އެވެ.
އެކުގައި ހިޓް ފިލްމުތަކެއް ކުޅެފައިވާއިރު އަމިއްލަ ދިރިއުޅުމުގައިވެސް މި ދެތަރިންނަކީ ވަރަށް ގާތް ދެ ތަރިން ކަމަށް މީޑިއާތަކުން އަބަދުވެސް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް