ސައިފްގެ ދަރި ސާރާ އަލަށް ކުޅޭ ފިލްމުގެ ޝޫޓިން ފަށައިފި

ބޮލީވުޑް ބަތޮލު ސައިފް އަލީ ޚާން އާއި ބޮލީވުޑް ބަތަލާ އަމްރިތާ ރާއޯ އާއި ދެމީހުންގެ ކައިވެންޏަށް ލިބުނު އަންހެންދަރި، ސާރާ އަލީ ޚާންގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ. ސާރާގެ ފުރަތަމަ ފިލްމުގެ ...

07 Oct 2017 | 22:14

ބޮލީވުޑް ބަތޮލު ސައިފް އަލީ ޚާން އާއި ބޮލީވުޑް ބަތަލާ އަމްރިތާ ރާއޯ އާއި ދެމީހުންގެ ކައިވެންޏަށް ލިބުނު އަންހެންދަރި، ސާރާ އަލީ ޚާންގެ ފުރަތަމަ ފިލްމުގެ ޝޫޓިން ފަށައިފި އެވެ.

ސާރާގެ ފުރަތަމަ ފިލްމުގެ ނަމަކީ "ކޭދަރުނާތު" އެވެ. ކޭދަރުނާތަކީ ފަރުބަދަމަތީގައި ހުންނަ ފައްޅިއަކަށް ކިޔާ ނަމެކެވެ. މި ފިލްމުގެ ޝޫޓިން އެ ފަރުބަދަ މަތީގައި ފަށާފައިވާއިރު ސާރާ، ޝޫޓިން ސެޓުގައި ނަގާފައިވާ ފޮޓޯއެއް ފިލްމު ކްރޫއިން ވަނީ އާއްމު ކޮށްފަ އެވެ.

މި ފިލްމުގައި ބަތަލުގެ ރޯލު ކުޅެނީ އާމިރު ޚާން އާއެކު ފިލްމު ޕީކޭގައި އެކްޓް ކޮށްފައިވާ ސުޝާންތު ޝިންގު ރާޖްޕުތު އެވެ.

މި ފިލްމަކީ ސާރާގެ ފުރަތަމަ ފިލްމު ކަމުގައިވާއިރު ފިލްމުގެ ޕްރޮޑަކްޝަން މަސައްކަތް މި އަހަރުގެ ޖޫން މަހުގައި ފަށާފައި ވެ އެވެ. ފިލްމު ޕްރޮޑިއުސް ކުރަނީ އަބީޝޭކް ކަޕޫރެވެ. ޖުމްލަ ފަސް ޕްރޮޑިއުސަރުން ހިމެނޭއިރު ބޫޝަން ކުމާރާއި އެކްތާ ކަޕޫރު ފާހަގަކޮށްލެވެ އެވެ. މި ފިލްމު އަންނަ އަހަރު ރިލީޒް ކުރާނެ ކަމަށް ބުނެފައިވީނަމަވެސް ރިލީޒް ކުރާނެ ވަކި ތާރީހެއް ހާމަކޮށްފައެއް ނުވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް