ހަފްތާއެއްގެ މެދުކެނޑުމަކަށްފަހު މާލޭގައި މާރާމާރީއެއް ހިންގައި ޒުވާނަކު ޒަހަމް ކޮށްލައިފި އެވެ.
މީޑިއާއަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވެފައިވަނީ މާރާމާރީ ހިންގާފައިވަނީ މާފަރު ގެސްޓްހައުސް ގޯޅި ތެރެއިން ކަމަށެވެ. ޒަހަމްވި މީހަކު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ. އަދި އެކަމުގެ ރިޕޯޓް ފުލުހުންނަށް ކޮށްފައިވަނީ 09:22 ހާއިރު ކަމަށެވެ.
އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެފައިވަނީ މާރާމާރީގައި ޒަހަމްވި، އުމުރުން 29 އަހަރުގެ ފިރިހެނަކަށް، އަވަސްފަރުވާދޭ ކޮޓަރީގައި ފަރުވާ ދެމުން އަންނަ ކަމަށެވެ.
ހޮސްޕިޓަލުން އިތުރަށް ވިދާޅުވެފައިވަނީ ޒަހަމްވި ޒުވާނާގެ ހަށިގަނޑު ބޭރުން ގިނަ ޒަހަމްތަކެއް ލިބިފައި ނެތް ނަމަވެސް ބޮލަށް ކޮންމެ ވެސް ވަރެއްގެ އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. ހަމަލާ ދީފައިވަނީ ތޫނު އެއްޗަކުން ކަމަށް ނުބެލެވޭ ކަމަށްވެސް އައިޖީއެމް ހޮސްޕިޓަލުން ވިދާޅުވެފައި ވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް