ދިވެހި ނޫސްވެރިންތަކެއް -- ފޮޓޯ: ރައީސް އޮފީސް
ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ގަވާއިދުގެ ދަށުން ކަނޑައެޅިފައިވާ ހަ މަސް ދުވަހުގެ ތެރޭގައި ރީ-ރަޖިސްޓްރީ ފުރިހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ބާތިލުކުރާނެ ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަން (އެމްއެމްބީސީ) އިން މިރޭ ބުނެފިއެވެ.
އެ ކޮމިޝަނުން ނެރުނު އިއުލާނުގައި ބުނެފައިވާ ގޮތުން ރީ-ރަޖިސްޓްރީކޮށް ރެކޯޑުތައް އަދާހަމަ ކުރުމަށް ލިބޭ އެންމެ ފަހު ތާރީޚަކީ އަންނަ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހެވެ.
އެ ދުވަހާ ހަމައަށް ރެކޯޑު ފުރިހަމަ ނުކުރާ ނޫސް މަޖައްލާތަކުގެ ރަޖިސްޓްރީ ގަވާއިދާ އެއްގޮތަށް ބާތިލުކުރެވޭނެ ކަމަށް ވެސް އެ އިއުލާނުގައި ބަޔާންކޮށްފައިވެއެވެ.
މީގެ އިތުރުން ހުރިހާ ނޫސް މަޖައްލާތަކެއްގެ މަސްއޫލުވެރި ފަރާތްތަކުން ރެކޯޑުތައް އަދާހަމަ ކުރުމަށް އެމްއެމްބީސީން ވަނީ އިލްތިމާސްކޮށްފައެވެ.
ރާއްޖޭގައި ނޫސް މަޖައްލާ ރަޖިސްޓްރީ ކުރުމުގެ ޒިންމާ ކުރިން އޮތީ ޔޫތު މިނިސްޓްރީގެ ދަށުގައެވެ. ނަމަވެސް އެމްއެމްބީސީ އުފެދުމާ އެކު އެ މަސައްކަތް ބަދަލުވެފައި އޮންނަނީ އެ ކޮމިޝަނަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް