ހޫތީން ދިން ހަމަލާގައި ސައުދީއަށް ގެންލުންވެފައި --
ސަޢޫދީ ޢަރަބިއްޔާގެ އެތައް ސަރަޙައްދަކަށް ޙޫޘީ ޖަމާޢަތުން އަމާޒުކޮށް ދިން ހަމަލާތަކުގެ ސަބަބުން އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ޢާންމުންނަށް އަނިޔާވެފައިވާތީ އެ ޢަމަލުތައް ދިވެހިރާއްޖޭގެ ސަރުކާރުން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.
ޙޫޘީ ޖަމާޢަތުން ހަމަލާ އަމާޒުކޮށްފައިވަނީ ސަޢޫދީ ޢަރަބިއްޔާގެ އަބްހާ ޚަމީސް މުޝައިޠު ޖާޒާން އަދި ނަޖުރާންގެ މަދަނީ އަދި އިޤުތިޞާދީ ތަންތަނަށެވެ. މި ހަމަލާތަކުގައި ޢާންމު ރައްޔިތުންގެ ތެރެއިން އެތައް ބަޔަކަށް އަނިޔާ ލިބިފައިވާ ކަމަށް ދިވެހި ސަރުކާރުން ފާހަގަކޮށްފައިވެއެވެ.
ދިވެހި ސަރުކާރުން ދެކޭ ގޮތުގައި މި ހަމަލާތަކަކީ ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތާއި ސަރަޙައްދީ އެއްބައިވަންތަކަމާ ދެކޮޅަށް ފާޅުގައި ހިންގާފައިވާ ޢަމަލެކެވެ. އެހެންމެ މި ޢުދުވާނީ ޢަމަލުތަކުގެ ސަބަބުން ސަރަޙައްދީ ސުލްޙައާއި ހަމަޖެހުމަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމަށް ވެސް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.
ސަޢޫދީ ސަރުކާރާއި އެ ޤައުމުގެ އަޚު ރައްޔިތުންނާ އެކު ދިވެހިރާއްޖެ ފުރިހަމައަށް އެއްބައިވަންތަކަން އޮތް ކަމަށާއި ސަޢޫދީ ޢަރަބިއްޔާގެ ސިޔާދަތާއި ސަލާމަތާއި ސަރަޙައްދީ އެއްބައިވަންތަކަން ރައްކާތެރިކުރުމަށް އެ ޤައުމުން އަޅާ ހުރިހާ ފިޔަވަޅުތަކަށް ރާއްޖެއިން ތާއީދުކުރާ ކަމަށް ދިވެހި ސަރުކާރުން ހާމަކޮށްފައިވެއެވެ.
ހޫތީންގެ ހަމަލާގައި އަންހެނުންނާއި ކުޑަކުދީން ހިމެނޭ ގޮތަށް މަދުވެގެން 73 މީހަކު ޒަޚަމްވެފައިވެ އެވެ. ހަމަލާތައް އަމާޒުވި ތަންތަނުގެ ތެރޭގައި އަސައުދީގެ ބްހާ ޚަމީސް މުޝައިޠް ޖީޒާން އަދި ނަޖުރާނުގެ ޢާންމު ރައްޔިތުން ދިރިއުޅޭ ތަންތަނާއި އިޤުތިޞާދީ ތަންތަން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް