ރައީސް ޑރ. މުހައްމަދު މުއިއްޒު -- ފޮޓޯ: ރައީސް އޮފީސް
ފޯޅަވަހީގެ ސިޔާދަތީ މިލްކުވެރިކަމާ ގުޅޭ ރަސްމީ މަޝްވަރާތައް ފެށުމަށް އެދިވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ދަ ރައިޓް ހޮނަރަބަލް އެންޑީ ބާރންހަމަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.
ރައީސް އޮފީހުން ބުނީ އެ ސިޓީފުޅުގައި ރައީސް ފާހަގަކުރައްވާފައިވާ ގޮތުގައި ފޯޅަވަހީގެ ސިޔާދަތީ ބާރުތައް މޮރިޝަސްއާ ޙަވާލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކާ މެދު ދިވެހި ދައުލަތުން ކަންބޮޑުވެއެވެ.
ތާރީޚީ ހެކިތަކަށް ބެއްލެވިޔަސް ފޯޅަވައްސަކީ ދިވެހިރާއްޖޭގެ ތަނެއް ކަމަށާއި ޖިއޮގްރަފީ ގޮތުން ބެލިޔަސް އެ ރަށް އޮންނަނީ ރާއްޖެއާ ވަރަށް ގާތުގައި ކަމަށް އެ ސިޓީފުޅުގައި ބަޔާންކުރައްވާފައިވެއެވެ.
ރައީސް ވަނީ ދެ ޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮންނަ ގާތް ގުޅުން ދެމެހެއްޓެވުމަށް ބޭނުންފުޅުވާ ކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވައިފައެވެ. ހަމައެއާ އެކު ދިވެހި ދައުލަތާއި ރައްޔިތުންގެ ޙައްޤުތައް ޙިމާޔަތްކުރެވޭ ގޮތަށް މި މައްސަލައިގައި އިނގިރޭސި ސަރުކާރަށް ރާއްޖެއިން އެއްބާރުލުން ދެއްވާނެ ކަމުގެ ޔަޤީންކަންވެސް ރައީސް ދެއްވާފައިވެއެވެ.
ފޯޅަވަހީގެ މިލްކުވެރިކަމާ ބެހޭ ގޮތުން ދިވެހިރާއްޖެއާއި އިނގިރޭސިވިލާތާ ދެމެދު ރަސްމީ މަޝްވަރާތައް ފެށޭނެ ދުވަހެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް