އަމީނީ މަގުގެ ފުރަތަމަ ސެގްމެންޓުގައި މި ހަފްތާގައި ތާރު އަޅަން ފަށަނީ

އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމަށް ތައްޔާރުވެއްޖެ އެވެ. މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހު ކުރީ ކޮޅު އެވެ....

08 Sep 2026 | 02:12
އަމީނީ މަގުގައި ތާރު އެޅުމަށް ތައްޔާރުވެފައި -- ފޮޓޯ: އެމްޓީސީސީ

އަމީނީ މަގުގައި ތާރު އެޅުމަށް ތައްޔާރުވެފައި -- ފޮޓޯ: އެމްޓީސީސީ

އަމީނީ މަގު ހެދުމުގެ މަޝްރޫޢުގެ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމަށް ތައްޔާރުވެއްޖެ އެވެ.

މި މަޝްރޫއު ކުރިޔަށް ގެންދަނީ އެމްޓީސީސީންނެވެ. މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މަހު ކުރީ ކޮޅު އެވެ.

އެ ކުންފުނިން ބުނީ ފުރަތަމަ ސެގްމެންޓުގައި ތާރު އެޅުމަށް ބޭނުންވާ ތައްޔާރީ މަސައްކަތްތައް ނިމިފައިވާ ކަމަށެވެ. މި ހަފްތާ ނިމުމުގެ ކުރިން ތާރު އަޅަން ފަށާނެ ކަމަށް ބުނެފައިވެ އެވެ.

އެމްޓީސީސީން ބުނީ އެ މަގުގެ ފުރަތަމަ ސެގްމެންޓުގައި މިދިޔަ ހަފުތާ ތެރޭގައި އެގްރިގޭޓް ބޭސް ކޯސް (އޭބީސީ) ފެތުރުމާއި އެމްސީ 30 ޕްރައިމް ކޯޓު އެޅުމުގެ މަސައްކަތް ކާމިޔާބުކަމާ އެކު ނިންމާލާފައިވާ ކަމަށެވެ.

ތާރު އެޅުމުގެ ކުރިން ކުރަންޖެހޭ އެ ތައްޔާރީ މަރުހަލާތައް މިހާރު ނިމިފައިވާތީ ދެން ކުރިއަށް ދާނީ އެސްފާލްޓް ޕޭވިން މަސައްކަތެވެ. އަމީނީ މަގުގެ މަސައްކަތް ކުރިއަށް ގެންދަނީ ސެގްމެންޓުތަކަކަށް ބަހާލައިގެންނެވެ.

މި މަޝްރޫޢުގެ ދަށުން ޒަމާނީ ފެންހިންދާ ނިޒާމެއް ބެހެއްޓުމާއި ކޭބަލްތައް ވަޅުލުމަށް ޔުޓިލިޓީ ލައިންތައް އެޅުމާއި މަގުބައްތި ޖެހުމާއި ދުވާރު ހެދުމުގެ މަސައްކަތް ކުރާނެ އެވެ.

ދަތުރުފަތުރަށް ވީހާ ވެސް ބުރޫ ނާރާ ގޮތަށް ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމައި ޢާންމުންނަށް މަގު ހުޅުވައިލުމަކީ އެމްޓީސީސީގެ އަމާޒެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް