ކްރިމިނަލް ކޯޓުގެ ހިންގުން ފަނޑިޔާރު އާދަމް މުހައްމަދާއި ހަވާލުކޮށްފި

ކްރިމިނަލް ކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ހަވާލުކޮށްފި އެވެ. ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ކްރިިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކަށް އާދަމް މުހައްމަދު އައްޔަން ކުރަން ނިނ...

08 Sep 2020 | 10:43

ކްރިމިނަލް ކޯޓުގެ ހިންގުން އެ ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދާއި ހަވާލުކޮށްފި އެވެ.

ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ބުނީ ކްރިިމިނަލް ކޯޓުގެ އިސް ފަނޑިޔާރަކަށް އާދަމް މުހައްމަދު އައްޔަން ކުރަން ނިންމީ އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު އަލީ ރަޝީދު ހުސައިން ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރެއްވުމުން ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދު ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރީ ދިވެހިރާއްޖޭގެ ކޯޓު ތަކުގެ ގާނޫނުގެ54 ވަނަ މާއްދާގެ ވ ގެ ދަށުންނެވެ.

އާދަމް މުހައްމަދު ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު ކަމަށް އައްޔަން ކުރަން ނިންމީ މިއަދު ބޭއްވި ޖުޑީޝަލް ސާވިސް ކޮމިޝަނުގެ64 ވަނަ ބައްދަލުވުމުގައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް