ކަނޑުމަތީގެ ރައްކާތެރިކަމާ ބެހޭގޮތުން ނައިބު ރައީސާއި ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައިފި

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ނައިބު ރައީސް ފައިޞަލް ނަސީމް، ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވުނު މި މަޝްވ...

08 Sep 2019 | 11:51

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ނައިބު ރައީސް ފައިޞަލް ނަސީމް، ކަމާބެހޭ ފަރާތްތަކާއި މަޝްވަރާ ކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވުނު މި މަޝްވަރާ ބައްދަލުވުމުގައި، ޓްރާންސްޕޯޓް މިނިސްޓްރީއާއި، ކޯސްޓް ގާޑް އަދި އެމްއެންޑީއެފް ގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމުގައި ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި، ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެކަން އެންގޭނެ ނިޒާމެއް ޤާއިމްކުރުމާއި މެދު މަޝްވަރާކުރެއްވިއެވެ.

އަދި، މީހުން ހޭލުންތެރިކުރުވުމާއި، ކުދި އުޅަނދު ފަހަރު ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ބެހޭގޮތުން ވެސް މަޝްވަރާކުރެވުނެވެ.

މި ބައްދަލުކުރެއްވުމުގައި ޤާނޫނަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބެލުމާއި މެދު މަޝްވަރާކުރެއްވުމުގެ އިތުރުން ކުރިން ހެދިފައިވާ ޤާނޫނުތަކާއި ޤަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވޭތޯ ބަލައި، މިފަދަ ޤަވާޢިދުތައް ތަންފީޒުކުރުމުގައި ކައުންސިލްތަށް ބާރުވެރިކުރުވުމުގެ މުހިންމުކަން ހުރިހާ ބޭފުޅުންވެސް ފާހަގަކުރައްވާފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް