ބާ ކައުންސިލަށް މެންބަރަކު އިންތިޚާބު ކުރުން މިމަހުގެ 28 ވަނަ ދުވަހު ބާއްވާގޮތަށް ނިންމައިފިއެވެ.
މިގޮތަށް ނިންމަވާފައިވަނީ ބާ ކައުންސިލްގެ މެންބަރެއްގެ ގޮތުގައި ހުންނެވި އައިޝާ ސުޖޫން، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް އައްޔަން ކުރުމާއި ގުޅިގެންނެވެ.
އީސީގެ އިސް ތަރުޖަމާން އަދި އެކޮމިޝަންގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ ކައުންސިލަށް މެންބަރަކު އިންތިޚާބުކުރުމާ ގުޅޭގޮތުން ބާ ކައުންސިލްގެ މެންބަރުންނާއެކު މަޝްވަރާކުރެވިފައިވާ ކަމަށެވެ. އަދި މި މަޝްވަރާބައްދަލުވުމުގައި ބާ ކައުންސިލްގެ ބައި އިލެކްޝަންގައި، އިލެކްޝަންސް ކޮމިޝަންގެ ދައުރާ ގުޅޭގޮތުން ދެ ފަރާތުން ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް