އައިޖީއެމްއެޗްގެ ސީނިއާ ޕެޑިއަޓްރިޝަން ޑރ. އަހުމަދު ފައިސަލް ކުރެއްވި ޓުވީޓެއްގައި، ދިވެހިރާއްޖޭގެ ތެލަސީމިއާ ކުދިންނަށް މަނާކޮށްފައިވާ ބޭސްތަކެއް އިންޑިއާއިން ދެމުންދާތީ އެކަމަށް ސަމާލުވުމަށް ވަނީ ގޮވާލައިފައެވެ.
ޑރ. އަހުމަދު ފައިސަލް ވިދާޅުވި ގޮތުގައި އިންޑީއާގެ ޕޫނޭން ދެމުންދާ މަނާކޮށްފައިވާ ބޭސް ތެލިޑޮމައިޑް ބޭނުންކުރާ ރާއްޖޭގެ ތެލަސީމިއާ ކުދިންނާއި ބެލެނިވެރިން ވިސްނަންޖެހޭނީ ކުދިންގެ ސަލާމަތަށް ކަމަށާއި، ގޮތްބަލަންކުރާ ދިރާސާއެއްގައި އަމިއްލައަށް ބައިވެރިވިޔަސް، ނުރައްކާވުމުން ދިރާސާއިން ވަކިވުން އޭގެބައިވެރިން ދަސްކުރަންޖެހޭ ކަމަށެވެ.
https://twitter.com/Faisalnaifaru/status/1170594053156724736
ފާއިތުވި ދެމަހެއްހާ ދުވަސްތެރޭ ތެލެސީމިއާ އަށް ނިސްބަތްވާ ނުވަ ކުއްޖަކު ވަނީ މަރުވެފައެވެ. ތެލެސީމިއާ ކުދިންގެ ދަފްތަރުގައި 874 ކުދިންވަނީ ރަޖިސްޓްރީވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް