މޮޅަދޫ ބަނދަރު ހަދަނީ

ހއ. މޮޅަދޫ ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފިއެވެ. 26 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ތަރައްޤީކުރާ މި ބަނދަރުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފައިވަނީ ...

08 Sep 2019 | 09:28

ހއ. މޮޅަދޫ ބަނދަރު ހެދުމަށް ޕްލޭނިންގ މިނިސްޓްރީން ބަޔަކާއި ހަވާލުކޮށްފިއެވެ.

26 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްގެން ތަރައްޤީކުރާ މި ބަނދަރުގެ މަސައްކަތް ޕްލޭނިންގ މިނިސްޓްރީން ހަވާލުކޮށްފައިވަނީ ސެނޮކް ޓްރޭޑް ކޮމްބައިން ޕްރައިވެޓް ލިމިޓެޑާއެވެ.

މިމަޝްރޫޢު ހަވާލުކުރުމުގެ އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ސޮއިކުރެއްވިއިރު، ސެނޮކް ޓްރޭޑްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ އެކައުންޓެންޓް ޕްރަބާތެވެ.

މޮޅަދޫ ބަނދަރުގެ މި މަޝްރޫއުގައި 232 މީޓަރުގެ ބޭރު ތޮއްޓެއްލުމަށާއި 42 މީޓަރުގެ ރިވެޓްމަންޓެއްލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ސައުވީސް ހާސް ހަތްސަތޭކަ ކިއުބިކް މީޓަރަށް މޮޅަދޫގެ ބަނދަރު ފުންކުރަން ވަނީ ހަމަޖެހިފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް