ބިޔަރު ދަޅުތަކަކާއި އެކީ ކުޑަކުއްޖަކާއި އިތުރު ދެމީހަކު ހައްޔަރުކޮށްފި

ފޮށިގަނޑުތަކެއްގައި ހުރި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއި އެކީ ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ. މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި، 22 އަހަރުގ...

08 Sep 2019 | 08:59

ފޮށިގަނޑުތަކެއްގައި ހުރި ގިނަ އަދަދެއްގެ ބިޔަރު ދަޅުތަކަކާއި އެކީ ހުޅުމާލެއިން ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކޮށްފައިވަނީ 29 އަހަރުގެ ދިވެހި ފިރިހެނަކާއި، 22 އަހަރުގެ ބަނގްލަދޭޝްގެ ފިރިހެނެއްގެ އިތުރުން 18 އަހަރުން ދަށުގެ ކުއްޖެކެވެ.

މި ތިން މީހުން ފުލުހުން ހައްޔަރުކޮށްފައި ވަނީ ޕިކަޕަކަށް ބިޔަރު ދަޅުތައްހުރި ފޮށިގަނޑުތަކެއް އަރުވަނިކޮށެވެ. މި މީހުން އަތުލައިގަތީ ހުޅުމާލޭ ކަންނެލި ޖެޓީ ކައިރިން ރޭ 19:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އެ ތިން މީހުން ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައިފާސްކުރިއިރު ޕިކަޕުތެރޭގައި ހުރި ފޮށިގަނޑުތަކުން އެކި ބްރޭންޑްތަކުގެ 240 ބިޔަރު ދަޅު ފެނިފައިވެއެވެ.

މި މައްސަލަ ހުޅުމާލެ ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް