ސަރުކާރު މުވައްޒަފުންގެ މުސާރަ ހަމަހަމަކުރަނީ

ސަރުކާރު މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައި މުއައްޒަފުންގެ އެލަވަންސްތަކާއި އެލަވަންސްތަކުގެ މިންގަނޑުތަކާއި ހަމަތައް ހަމަހަމަކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އެކުލ...

08 Sep 2019 | 08:15

ސަރުކާރު މުވައްޒަފުންގެ މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައި މުއައްޒަފުންގެ އެލަވަންސްތަކާއި އެލަވަންސްތަކުގެ މިންގަނޑުތަކާއި ހަމަތައް ހަމަހަމަކުރުމަށް ހަމަޖެހިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އެކުލަވާލައިފައިވާ ޕޭ ކޮމިޝަނުން ބުނެފިއެވެ.

އެކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ، ދައުލަތުގެ އިދާރާތަކުގައި މިހާރު އަމަލުކުރަމުންދާ މުސާރައިގެ އޮނިގަނޑުތަކާ ގުޅޭގޮތުން އެ ކޮމިޝަނުން ދިރާސާތަކެއް ކޮށްފައިވާ ކަމަށާއި، އަންނަ އަހަރު އާ އޮނިގަނޑަށް އަމަލުކުރަން ފަށާނެ ކަމަށެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ސޮއިކުރައްވާފައިވާ އެ ބަޔާނުގައި ބުނެފައިވަނީ، 96 ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމުގެ މަސައްކަތް ކުރިއަށް ގެންދާކަމަށެވެ. އަދި އެ ހުރިހާ ފަންނެއްގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތަކާއި ބެހޭގޮތުން ވަކިވަކިން އެފަންނުތަކުގެ މުއައްޒަފުންވާއި ތަފާތު އިދާރާތަކުގައި މަޝްވަރާ ބައްދަލުވުންތަކެއް ކުރިއަށްދާކަމަށެވެ.

ކޮންމެ ފަންނެއްގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމަށްފަހު ކޮންމެ ފަންނެއްގެ މުސާރަތައް ހިމެނޭ ގޮތަށް މުސާރައިގެ އާ އޮނިގަނޑު އެކޮމިޝަނުން އެކުލަވާލައިލުމަށްފަހު އަންނަ އަހަރު އެޔަށް އަމަލުކުރަން ފަށާނެ ކަމަށްވެސް އެ ބަޔާޏުގައި ހާމަކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް