ކަނޑު ދަތުރު ފަތުރު ކުރައްވާ އިރު ލައިފް ޖެކްޓް އެޅުން މި މަހުގެ ތެރޭގައި މަޖުބޫރު ކުރައްވާނެކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
މިއަދު ނޫސްވެރިންނަށް މަޢުލޫމާތު ދެމުން ޓްރާންސްޕޯޓް މިނިސްޓްރަ އައިޝަތު ނަހުލާ މިހެން ވިދާޅުވެފައިވަނީ، ލައިފްޖެކެޓް އެޅުން މަޖުބޫރުކޮށް ކުރިއަށް އޮތް ދެ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ގަވާއިދެއް އެކުލަވާލައި ގެޒެޓް ކުރައްވާނެ ކަމަށެވެ.
މިދިޔަ މަހުގެ29 ވަނަ ދުވަހު، ހދ.ނޮޅިވަރަންފަރުން ފުރައިގެން، އެ އަތޮޅު ހަނިމާދުއަށް ދަތުރުކުރަމުން ދިޔަ ލޯންޗެއް ބަނޑުން ޖަހާލާ،5 މީހަކު މަރުވި ހިތާމަވެރި ހާދިސާއަށް ފަހު ގިނަބަޔަކު އަންނަނީ ލައިފް ޖެކެޓް މަޖުބޫރު ކުރުމަށް ގޮވާލަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް