އިސްރަށްވެހިންނަށް އަމާޒުކޮށްގެން ކަނޑުހުޅުދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފި

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ގއ. ކަނޑުހުޅުދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ. ކަނޑުހުޅުދޫ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ހިންގައިފައިވަނީ މިމަހުގެ ހަވަނަ ދުވަ...

08 Sep 2019 | 07:10

އިސްރަށްވެހިންނަށް އަމާޒުކޮށްގެން ގއ. ކަނޑުހުޅުދޫގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށްގެންގޮސްފިއެވެ.

ކަނޑުހުޅުދޫ ފުލުހުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމް ހިންގައިފައިވަނީ މިމަހުގެ ހަވަނަ ދުވަހުއެވެ. މި ޕްރޮގްރާމްގެ ދަށުން، އެރަށުގެ ގެތަކަށް ޒިޔާރަތްކޮށް އިސްރަށްވެހިންނާއި ބައްދަލުކޮށް ހޭލުންތެރިކުރުމުގެ ގޮތުން މައުލޫމާތު ފޯރުކޮށްދީފައިވާނެ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ފުލުހުން ވިދާޅުވިގޮތުގައި، އިސްރަށްވެހިންގެ ހުރި ކަންބޮޑުވުންތަކާއި ގުޅޭގޮތުންނާއި ރައްކާތެރިގޮތުގައި ފައިސާ ގެންގުޅެންވީ ގޮތްތަކާ ގުޅޭގޮތުން އެމީހުންނަށް މައުލޫމާތު ދީފައިވާނެއެވެ. އަދި ކޭޝްކާޑުގެ އެއްވެސް މަޢުލޫމާތެއް އެއްވެސް ފަރާތަކާ ޙިއްސާ ނުކުރުމަށާއި ތަފާތު އެކި ޕްރޮމޯޝަންތަކުގެ ނަމުގައި ނުދަންނަ ނަންބަރުތަކުން ގުޅައިގެން މަކަރާއި ހީލަތުން ފައިސާހޯދާ މައްސަލަތަކާއި، މިފަދަ މައްސަލަތަކަށް މިހާރަށްވުރެ ބޮޑު ސަމާލުވުމަށާއި މިފަދަކަމެއް ފާހަގަ ކުރެއްވިއްޖެނަމަ ފުލުހުންނަށް ރިޕޯޓުކުރުމަށް އިރުޝާދު ދީފައިވާނެ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މި ޕްރޮގްރާމްގައި އިސްރައްވެހިންނަށް މަޢުލޫމާތު ދެއްވާފައިވަނީ ކަނޑުހުޅުދޫ ޕޮލިސް ޑެސްކްގައި މަސައްކަތްކުރާ ފުލުހުންނެވެ. މި ޕްރޮގްރާމްގައި ގއ. ކަނޑުހުޅުދޫގައި ދިރިއުޅޭ 31 ފަރާތަކަށް މަޢުލޫމާތު ފޯރުކޮށްދީފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް