ހިކެން ނިންމީ އަންހެނެއްގެ މޭމައްޗަށްވުރެ އަހަރެންގެ މޭ މަތި ބޮޑުކަމަށް ބުނުމުން !

މަތީގައި އެވާ ފޮޓޯގައިވާ ޒުވާނާގެ ނަމަކީ ޝުބާމް ސިންޤަލް އެވެ. އޭނާގެ އުމުރަކީ 19 އަހަރެވެ. މިއީ 19 އަހަރުގެ ސިންޤަލް ހިކެން ކުރި މަސައްކަތުގެ  ވާހަކައެވެ. އަދި ހިކެން ނިންމި ސަބަބުގެ ވާހަކައެވެ. އޭނާ...

08 Sep 2019 | 07:10

މަތީގައި އެވާ ފޮޓޯގައިވާ ޒުވާނާގެ ނަމަކީ ޝުބާމް ސިންޤަލް އެވެ. އޭނާގެ އުމުރަކީ 19 އަހަރެވެ. މިއީ 19 އަހަރުގެ ސިންޤަލް ހިކެން ކުރި މަސައްކަތުގެ  ވާހަކައެވެ. އަދި ހިކެން ނިންމި ސަބަބުގެ ވާހަކައެވެ.

އޭނާ ބުނެފައިވާގޮތުގައި މީގެ ހަ މަސް ކުރިން، ފިހާރަތަކަށް ގޮސް ހެޔޮވަރު ގަމީހެއް، ޓީޝާޓެއް، ސޯޓެއް، ފަޓުލޫނެއް ހޯދުމަކީ ފަސޭހަ ކަމަކަށް ނުވެއެވެ. އެކުވެރިންވެސް ދިމާކޮށް ހަދައެވެ. އެގޮތުން އެއް ދުވަހަކު ވަރަށް ހިތު ޖެހުނު ކަމަށާއި "އިނަފް އިޒް އިނަފް" ކަމަށް ނިންމާ ހިކުމުގެ ދަތުރުފެށީ އެހިސާބުން ކަމަށް ސިންޤަލް ބުނެފައިވެއެވެ.

އެ ދުވަހު ސިންޤަލްގެ ރަހުމަތްތެރިއަކު ސިންޤަލްއާއި ދިމާއަށް ބުނީ އޭނާގެ މޭމަތި އަންހެނެއްގެ މޭ މައްޗަށް ވުރެ ބޮޑު ކަމަށެވެ.

ހިކެން ދަތުރުފެށި އިރު ސިންޤަލްގެ ބަރުދަނަކީ 91 ކިލޯއެވެ. ސިންޤަލް ވަނީ އެންމެ ހަ މަސް ދުވަހުން ސިންޤަލް ވަނީ އޭނާގެ ބަރުދަނުން 30 ކިލޯ ލުއިކޮށްލާފައެވެ.

ސިންޤަލް އޭނާގެ ކެއުން ބައްޓަން ކުރި ގޮތް:

ހެނދުނުގެ ނާސްތާ: ޕްރޮޓީން ސްމޫތީއެއް (250 މިލިލިޓަރުގެ ސްކިމް މިލްކު، ޕީނަޓް ބަޓަރ، ސިނަމަން ޕައުޑަރ، ޕްރޮޓީޏް އަދި ދޮންކެޔޮވަކެއް)

މެންދުރު ކެއުން : އޮލީވް އޮއިލްގައި ތައްޔާރުކޮށްފައިވާ ސޯޓީޑް ބީންސް އަދި ބްރޮކޮލީ ފަދަ ފެހި ތަރުކާރީއެއް، ޗިޕް ޕީސް އަދި ސޯޔާ ޗަންކްސްގެ ޖޯޑެއް.

ރޭގަނޑުގެ ނާސްތާ: 1 ރޮށި ޕަނީރާއެކު އަދި ސެލެޑުތައްޓެއް

ކަސްރަތުގެ ކުރިން: އެއް ތަށި ކަޅު ކޮފީ، ކަސްރަތުގެ ފަހުން: 7 ބިހުގެ ގޮބޮޅި

ކެއުމަށް ބެލުމުގެ އިތުރުން ސިންޤަލް ހިކެން ކުރި ދަތުރުގައި ކަސްރަތުވެސް ކޮށް ހެދިއެވެ. އެގޮތުން ވެއިޓް ޓްރެއިނިން އާއި ކާޑިއޯ ހެދިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް