ގއ.ދާންދޫ އިން މަސްތުވާތަކެއްޗާ އެކު މީހަކު ހައްޔަރުކޮށްފި

ގއ.ދާންދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާ އެކު އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ. ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ 17:35 އެހާކ...

08 Sep 2019 | 06:51

ގއ.ދާންދޫގައި މަސައްކަތްކުރާ ފުލުހުންނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި، މަސްތުވާތަކެއްޗާ އެކު އެރަށުން މީހަކު ހައްޔަރުކޮށްފިއެވެ.

ސެޕްޓެމްބަރު 5 ވަނަ ދުވަހުގެ 17:35 އެހާކަންހާއިރު ދާންދޫގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް އެތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކުރިޔަށް ގެންދިޔަ މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އުމުރުން 49 އަހަރުގެ މީހެކެވެ.

ދާންދޫ ބަނދަރުމަތިން އެމީހާ ހައްޔަރުކޮށް، ބަލާފާސްކުރި އިރު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ހަ ރަބަރު ޕެކެޓް ފެނިފައިވެއެވެ.

ގއ.ދާންދޫ މެޖިސްޓްރޭޓް ކޯޓުން މިހާރު ވަނީ މިނިސްޓްރީ އޮފް ހޯމް އެފެއަރޒުން ކަނޑައަޅާ ތަނެއްގައި، އެމީހާ ބަންދުގައި ބެހެއްޓުމަށް ފަސް ދުވަހުގެ މުއްދަތެއް ދީފައެވެ.

މި މައްސަލަ މިހާރު ގެންދަނީ ދާންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް