ރޭ ފަރަށް އެރި ލޯންޗު އަޑިއަށް ހިނގައްޖެ

38 ފަސިންޖަރުންނާއެކު ރޭ މާލެ އަތޮޅު ރިސޯޓެއްގެ ކައިރި ފަރަކަށް އެރި "ކޮމްފޯޓް އެކްސްޕްރެސް އެމްއެޗް 1" ފެރީ ލޯންޗު އަޑިއަށް ހިނގައްޖެއެވެ. މި ލޯންޗު އަޑިއަށް ގޮސްފައިވަނީ ކ. ގާފަރާ މާލެއާ ދެމެދަށެވެ....

08 Sep 2019 | 06:45

38 ފަސިންޖަރުންނާއެކު ރޭ މާލެ އަތޮޅު ރިސޯޓެއްގެ ކައިރި ފަރަކަށް އެރި "ކޮމްފޯޓް އެކްސްޕްރެސް އެމްއެޗް 1" ފެރީ ލޯންޗު އަޑިއަށް ހިނގައްޖެއެވެ.

މި ލޯންޗު އަޑިއަށް ގޮސްފައިވަނީ ކ. ގާފަރާ މާލެއާ ދެމެދަށެވެ. އަޑިއަށް ދިޔައީ ފަރުމަތިން ފުންކޮށްގެން ކ. ގާފަރަށް ގެންދަން ވެގެން އެހެން އުޅަނދެއްގައި ކަފުޖަހައިގެން ދަތުކުރަމުން ދަނިކޮށް މިއަދު 09:45 އެވެ.

ލޯންޗު އަޑިއަށް ދިޔަ ވަގުތު ލޯންޗުގައި ފަސް މީހުން ތިބި ކަމަށާއި އެމީހުން ވަނީ ކަފުޖަހައިގެން ދަތުރުކުރި އުޅަނދަށް ނަގާފައި ކަމުގައި އެމްއެންޑީއެފުން ބުނެއެވެ.

"އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑްގެ ލޯންޗެއް ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން، އަޑިއަށް ދިޔަ ލޯންޗަކީ 84 ފޫޓުގެ އެލުމިނިއަމް ހަލް ހިމެނޭ ލޯންޗެއް" އެމްއެންޑީއެފުން ބުނެފައިވެއެވެ.

ރޭ 10:30 ހާއިރު އެ ލޯންޗު ފަރަށް އެރިއިރު އެ ލޯންޗުގައި 28 ފަސިންޖަރަކު ތިއްބެވެ. އޭގެ ތެރޭގައި 11 އަންހެނުންނާއި ހަތަރު ކުޑަކުދިން ހިމެނެއެވެ. އެމްއެންޑީއެފް ސީ އެމްބިއުލާންސްގެ އެހީގައި އެމީހުން ރައްކާތެރި ކަމާއެކު މާލެ ގެނެސްފައިވަނީ ރޭ ދަންވަރު 2:00 ހާއިރުގައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް