ރިލްވާންގެ ރިޕޯޓާ ގުޅިގެން މަރުތަކާ ބެހޭ ކޮމިޝަން މިއަދު ގައުމީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޝަނަށް

ނޫސްވެރިޔާ ރިލްވާންގެ މައްސަލައާއި ގުޅިގެން، މަރުތަކާއި ބެހޭ ރިޔާސީ ކޮމިޝަނުން، ރައްޔިތުންތުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. މަޖިލީހުގެ އިދާރާއިން ބ...

08 Sep 2019 | 06:18

ނޫސްވެރިޔާ ރިލްވާންގެ މައްސަލައާއި ގުޅިގެން، މަރުތަކާއި ބެހޭ ރިޔާސީ ކޮމިޝަނުން، ރައްޔިތުންތުގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ.

މަޖިލީހުގެ އިދާރާއިން ބުނީ، ވިނުވީއެއް ނޭނގި ގެއްލިފައިވާ މީހުންނާއި ހަގީގަތް ނުހޯދި ހުރި މަރުތަކުގެ މައްސަލަތައް ބަލާ ރިޔާސީ ކޮމިޝަންގެ މެމްބަރުން، މިއަދު މެންދުރު 2:00 ގައި ބާއްވާ ގައުމީ ސަލާމަތުގެ ކޮމިޓީއަށް ވަޑައިގަންނަވަން ހަމަޖެހިފައިވާ ކަމަށެވެ.

ވީނުވީއެއް ނޭނގި ގެއްލިފައިވާ، މިނިވަން ނޫހުގެ ނޫސްވެެރިޔާ، ރިލްވާންގެ ރިޕޯޓް، މަޖިލީހުގެ ސަލާމަތީ ކޮމިޓީން ދަނީ ދިރާސާ ކުރަމުންނެވެ. އެގޮތުން މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ފުުލުހުންގެ އިސްވެރިންވެސް ވަނީ އެ ކޮމިޓީއާ ބައްދަލު ކުރައްވާފައެވެ.

މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ބޭއްވި ކޮމިޝަންގެ ބައްދަލުވުމުގައި ރިލްވާން ގެއްލުވާލުމާއި ގުޅޭ ގޮތުން އެ ކޮމިޝަނަށް ލިބިފައިވާ ގިނަ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެ ކޮމިޝަން ރައީސް ހުސްނު ސުއޫދު ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައިގެ ފެށުމަކީ ދީނީ ގޮތުން ހައްދުފަހަނަ އަޅާފައިވާ ފިކުރުގެ ޖަމާއަތްތަކަކާއި ރާއްޖޭގައި އިންސާނީ ހައްގުތަކަށް ވަކާލާތުކޮށް ދީނީ މިނިވަންކަން ފެތުރުމަށް މަސައްކަތް ކުރާ “މިނިވަން” ފިކުރުގެ ބަޔަކާ ދެމެދު ހިނގި މައްސަލަތަކެއް ކަމަށެވެ.

ރިލްވާން މިހާރު ވަނީ މަރާލާފައި ކަމަށާއި، އޭނާ މަރާލީ ވަގަށް ނަގައިގެން ގެންގޮސް، ޑިންގީ އަކަށް އަރުވައިގެން ކަނޑުމައްޗަށް ގެންގޮސް، އަދި ކަނޑު ބޯޓަކަށް އަރުވާ، އޭނާގެ ބޯ ބުރުކޮށްލައިގެން ކަމަށްވެސް ވަނީ ވިދާޅުވެފައެވެ. އަދި އޭގެ އިތުރުން، ރިލްވާން މަރާލުމަށްފަހު ކަނޑު ފައްތާފައިވާ ކަމަށާއި، އެކަން ކުރި މީހުންވެސް މިހާރު އެނގިފައިވާކަމަށް ސުއޫދު ވަނީ ވިދާޅުވެފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް