މަސްތުވާތަކެއްޗާއިއެކު ގދ. ތިނަދޫ އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވިގޮތުގައި، މަސްތުވާތަކެއްޗާއިއެކު ފުލުހުން ހައްޔަރުކޮށްފައި ވަނީ 22 އަހަރުގެ ދިވެހި ފިރިހެނެކެވެ. މިމަހުގެ ފަސްވަނަ ދުވަހު މި މީހާ ފުލުހުން ހައްޔަރުކޮށްފައި ވަނީ ތިނަދޫ ބަނދަރު ސަރަހައްދުންނެވެ.
މި މީހާ ފުލުހުންގެ ބެލުމުގެދަށަށް ގެނެސް ބަލައި ފާސްކުރިއިރު، މަސްތުވާ އެއްޗެއްހުރި ހަތް ރަބަރު ޕެކެޓު ފެނިފައިވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލަ ތިނަދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤުކުރަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް