މިދިޔަ ހަފްތާގެ ތެރޭގައި މާލޭ ސަރަހައްދުން ވައްކަމުގެ 18 މައްސަލައެއް ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން ކޮންމެ ހަފްތާއަކު އާންމުކުރާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި، އޮގަސްޓް 31 އިން، މިމަހުގެ 06 ވަނަ ދުވަހުގެ ނިޔަލަށް ވައްކަމުގެ 18 މައްލައެއް ރިޕޯޓުކޮށްފައިވާއިރު، ފޭރުމުގެ ދެ މައްސަލައެއް ވަނީ ރިޕޯޓުކޮށްފައެވެ.
މާލޭ ސަރަހައްދުން ގިނައިން ކޮށްފައި ވަނީ ފައިސާގެ ވައްކަމެވެ.
މިދިޔަ ހަފްތާ މާލޭ ސަރަހައްދުން މަސްތުވާތަކެއްޗާއި އެކު ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، 7 ގެއެއް ވަނީ ބަލައި ފާސްކޮށްފައެވެ. މީގެ އިތުރުން 1189 ސަރަހައްދު ވަނީ ބަލައި ފާސްކޮށްފައެވެ.
ރާއްޖެތެރެއިން މަސްތުވާތަކެތީގެ މައްސަލަތައް ގިނަކަން ފާހަގަކޮށްލެވެއެވެ. މަސްތުވާތަކެއްޗާއި އެކު ގިނައިން ހައްޔަރުކުރަނީ ޒުވާންކުދިންނެވެ. މީގެ ތެރޭގައި 18 އަހަރު ނުފުރޭ ކުދިން މަދުން ނަމަވެސް އުޅޭކަން ފާހަގަކޮށްލެވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް