ރަސްމީ ދަތުރުފުޅެއްގައި ޑރ.ހުސެއިން ރަޝީދު ސްވިޒަލޭންޑަށް ފުރާވަޑައިގެންފި

ރަސްމީ ދަރުރުފުޅެއްގައި، މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޑރ.ހުސެއިން ރަޝީދު ހަސަން، ސްވިޒަލޭންޑަށް ފުރާވަޑައިގެންފިއެވެ. ޑރ.ހުސައިން ރަޝީދު ސްވިޒަލޭންޑަށް ފުރާވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ...

08 Sep 2019 | 05:08

ރަސްމީ ދަރުރުފުޅެއްގައި، މިނިސްޓަރ އޮފް އެންވަޔަރަމެންޓް ޑރ.ހުސެއިން ރަޝީދު ހަސަން، ސްވިޒަލޭންޑަށް ފުރާވަޑައިގެންފިއެވެ.

ޑރ.ހުސައިން ރަޝީދު ސްވިޒަލޭންޑަށް ފުރާވަޑައިގެންފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއްގެ ގޮތުން، އ.ދ ގެ ކޮންފެރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓް (ޔޫ.އެން.ސީ.ޓީ.ޑީ) ގެ "ޔޫއެން ޓްރޭޑް ފޯރަމް: އެސްޑީޖީސް އެންޑް ކްލައިމެޓް ޗޭންޖް" ގައި ބައިވެރިވަޑައިގަތުމަށެވެ. މި ފޯރަމް ކުރިޔަށް ދާނީ މި މަހު 9 އިން 13 އަށް ސްވިޓްޒަލަންޑްގެ ޖެނީވާގައެވެ.

މި ބައްދަލުވުމުގައި ޑ.ރ ހުސެން ރަޝީދު ހަސަން ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައިވެއެވެ. އ ެމަނިކުފާނު ތަޤްރީރު ކުރެއްވުމަށް ހަމަޖެހިފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ވިޔަފާރިއާއި، އިޤްތިސާދާއި އަދި ދެމެހެއްޓެނިވި ތަރައްޤީއަށް ކުރާ ނޭދެވޭ އަސަރުތަކާއި ބެހޭގޮތުންނެވެ.

މި ބައްދަލުވުމަކީ އ.ދ ގެ ޖެނެރަލް އެސެމްބްލީ ގެ ހަވާސާގައި މި މަހުގެ 23 ގައި ނިއުޔޯކުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކްލައިމެޓް ސަމިޓަށް ތައްޔާރުވުމުގެ ގޮތުން، އ.ދ ގެ ކޮންފަރަންސް އޮން ޓްރޭޑް އެންޑް ޑިވެލޮޕްމަންޓްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ ބައްދަލުވުމެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް