ރަވީނާ މާމައަކަށް ވަނީ

ނަވާރަސަތޭކައިގެ އަހަރުތަކުގައި ބޮލީވުޑްގައި ފިޔަޖަހަމުން ދިޔަ މަޝްހޫރު ބަތަލާ، ރަވީނާ ޓަންޑޮން މާމައަކަށް ވާން އުޅޭ ކަމުގެ އުފާވެރި ޚަބަރު ދީފިއެވެ. އުމުރުން 44 އަހަރުގެ ރަވީނާ މާމައަކަށް ވާންއުޅޭކަނ...

08 Sep 2019 | 05:03

ނަވާރަސަތޭކައިގެ އަހަރުތަކުގައި ބޮލީވުޑްގައި ފިޔަޖަހަމުން ދިޔަ މަޝްހޫރު ބަތަލާ، ރަވީނާ ޓަންޑޮން މާމައަކަށް ވާން އުޅޭ ކަމުގެ އުފާވެރި ޚަބަރު ދީފިއެވެ.

އުމުރުން 44 އަހަރުގެ ރަވީނާ މާމައަކަށް ވާންއުޅޭކަން ހާމަވެފައި ވަނީ އޭނާގެ އަންހެން ދަރިފުޅު ޗާޔާ އަށް ދިން "ބޭބީ ޝަވާ" ޕާޓީގެ ފޮޓޯތައް އާންމުވުމާއި ގުޅިގެންނެވެ. އެއީ ޕްރައިވެޓް ޕާޓީއެއް ނަމަވެސް، ޕާޓީގައި ބައިވެރިވި ބައެއް ފަރާތްތަކުން ވަނީ ބައެއް ފޮޓޯ އާންމުކޮށްފައެވެ.

ޗާޔާ އަކީ ރަވީނާ އެޑޮޕްޓްކޮށްފައިވާ ކުއްޖެކެވެ. 1995 ވަނަ އަހަރު އޭނާ ވަނީ ޗާޔާގެ އިތުރުން ޕޫޖާ ކިޔާ ކުއްޖެއްވެސް އެޑޮޕްޓްކޮށްފައެވެ. އޭގެ ފަހުން 2004 ވަނަ އަހަރާއި ޖެހެންދެން އޭނާ ދިޔައީ އެކަނި އެދެކުދިން ބަލަމުންނެވެ. 2004 ވަނަ އަހަރު އޭނާގެ މިހާރުގެ ފިރިމީހާ އަނިލް ތަޑާނީ އާއި ކައިވެނިކޮށްގެން ދެ ކުދިން ވަނީ ލިބިފައެވެ.

މިހާރު ފިލްމްތަކުން ރަނީވާ ނުފެނުން ނަމަވެސް ރިއަލިޓީ ޝޯވ ތަކުން އޭނާ ދަނީ ފެންނަމުންނެވެ. ބައެއް ޝޯވ ތަކުގެ ޖަޖިންގ ޕެނަލް އިން އަދިވެސް ރަވީނާ ފެންނަކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް