އިލިއާނާ ހުރީ ހުސްކޮށް

ބޮލީވުޑްގެ ބަތަލާ އިލިއާނާ ޑިކުރޫޒް މިހާރު ހުރީ ހުސްކޮށް ކަމަށް އޭނާގެ އިންސްޓަގްރާމް ޕޯސްޓްތަކުން ހާމަވެއްޖެއެވެ. އިލިއާނާގެ ޒަމާންވީ ލޯބިވެރިޔާ އާއި ވަކިވީ ދާދި ފަހުންނެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެ...

08 Sep 2019 | 04:38

ބޮލީވުޑްގެ ބަތަލާ އިލިއާނާ ޑިކުރޫޒް މިހާރު ހުރީ ހުސްކޮށް ކަމަށް އޭނާގެ އިންސްޓަގްރާމް ޕޯސްޓްތަކުން ހާމަވެއްޖެއެވެ.

އިލިއާނާގެ ޒަމާންވީ ލޯބިވެރިޔާ އާއި ވަކިވީ ދާދި ފަހުންނެވެ. އޭނާ ލޯބީގެ ގޮތުން ގުޅިގެން އުޅުނީ އޮސްޓްރޭލިއާގެ މަޝްހޫރު ފޮޓޯގްރާފަރެއް ކަމަށްވާ އެންޑްރޫ ނީބޯން އާއެވެ.

އިލިއާނާގެ އިންސްޓްގްރާމްގައި ހުރި ދެމީހުންގެ ފޮޓޯތައް ޑިލީޓްކޮށް އޭނާ ވަނީ އެންޑްރޫ އަންފޮލޯވެސް ކޮށްފައެވެ. އަދި އޭގެ ފަހުން ޖެހި ޕޯސްޓެއްގައި ބުނެފައި ވަނީ، ދިރިއުޅުމުގައި ރައްޓެހިންނާއި، އާއިލާ އަދި ބައިވެރިޔާވެސް ގެއްލޭނެ ކަމަށާއި ކޮންމެ މީހަކު ދިރިއުޅުމުން ދުރަށް ދިޔަ ނަމަވެސް އަމިއްލަ ނަފްސް ގެއްލުވާނުލުމަށެވެ. އަދި ދިރުއުޅުމުގައި އެންމެ މުހިންމު ކަމަކީ އަމިއްލަ ނަފްދެކެ ލޯބިވުން ކަމަށެވެ. އެ ޕޯސްޓާއި އެކީ ދެލޯބިވެރިން ވަކިވެއްޖެކަމަށް ވަނީ ކަށަވަރުވެފައެވެ.

32 އަހަރުގެ އިލިއާނާ އާއި އެންޑްރޫ ސިއްރުން ކައިވެނިކުރި ހަބަރުތަކެއް ވެސް މީގެކުރިން ވަނީ ފެތުރިފައެވެ. ނަމަވެސް އެކަން އޭނާ ވަނީ ދޮގުކޮށްފައެވެ.

އިލިއާނާ އެންމެ ފުރަތަމަ ކުޅުނީ 2006 ވަނަ އަހަރު ރިލީޒްކުރެވުނު ތެލެގޫ ފިލްމް، "ދޭވްދާސޫ" އެވެ. ބޮލީވުޑުން އެންމެ ފުރަތަމަ ފެނުނީ "ބަރްފީ" ފިލްމުންނެވެ. އޭގެ ފަހުން "މޭ ތެރާ ހީރޯ" ، "ބާދްޝާހޯ" އަދި "ރުސްތަމް" ފަދަ ފިލްމްތަކުން އޭނާ ވަނީ ފެނިގެން ގޮސްފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް