އިޒްރޭލުގެ ޔަހޫދީ ދައުލަތުގެ ޒަމާން ދާކަށް ދެން މާ ގިނަ ދުވަހެއް ނެތްކަމުގައި އިރާނުގެ އަސްކަރީ ވެރިޔާ މޭޖަ ޖެނެރަލް އަބްދޮލްރާހިމް މޯސަވީ ބުނެފިއެވެ.
އޭނާ މިހެން ބުނެފައިވަނީ އެ ގައުމުގެ ނޫސް އޭޖެންސީއެއް ކަމަށްވާ ތަސްނީމް ނޫސް އެޖެންސީއަށް ދީފައިވާ އިންޓަވިއުއެއްގައެވެ.
އޭނާ ބުނެފައިވަނީ ޔަހުދީ ދައުލަތް ނިމިގެންދާތަން ދާދި އަވަހަށް އެންމެންނަށް ފެނިގެންދާނެ ކަމަށާއި އެ ސަރަހައްދުގެ ހާލަތު އިޒްރޭލުން ގޯސް ކުރާނަމަ އިޒްރޭލަށް ދެން އިތުރު ގޮތެއް ނެތް ކަމަށެވެ.
"ގުޅިފައިވާ ކޯލީޝަނުން އެމެރިކާ އާއި އިޒްރޭލުގެ ޒަމާން ދުއްވާލާނެ" އޭނާ ބުނެފައިވެއެވެ.
އޭނާ އިތުރަށް ބުނެފައިވަނީ އެމެރިކާއިން އިޒްރޭލަށް ވާގިވެރިވަނީ އަމިއްލަ ފައިދާއަށްޓަކައި ކަމަށެވެ. އިރާނަށްވެސް އަތްގަދަކުރަން އުޅުނު ކަމަށެވެ. ނަމަވެސް އެކަން ނުވުމުން މިހާރު އެމެރިކާ އޮތީ އެމައްސަލައިގާ ހިމޭނުން ކަމުގައިވެސް އޭނާ ބުނެފައިވެއެވެ.
އިރާނުގެ އަސްކަރީ ވެރިޔާ މިހެން ބުނެފައިވާއިރު އިރާނު، ލުބުނާނު އަދި އިރާގު ހިމެނޭހެން އިޒްރޭލުން މި ފަހުން ވަނީ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކާއި އެކު އެ ސަރަހައްދުގައި ހަނގުރާމައެއް ފެށިގެން ހިނގައިދާނެ ކަމަށް ވަނީ ބެލެވިފައެވެ. އެއްކޮޅުގައި ޔަހޫދީ އިޒްރޭލު އޮތް އިރު އަނެއްކޮޅުގައި އޮތީ މުސްލިމު ތިން ގައުމުކަމަށްވާ ލުބުނާނާއި އިރާނާއި އިރާގެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް