ރާއްޖޭގައި މަސައްކަތް ކުރާ ބިދޭސީންނާއި ޓުރިސްޓުން ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވާނަމަ ވިސާ ކެންސަލްކޮށް ފޮނުވާލާނެ ކަމުގެ އިންޒާރު އިމިގްރޭޝަނުން ދީފި އެވެ.
އިމިގްރޭޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ބިދޭސީން ސިޔާސީ އެއްވުންތަކުގައި ބައިވެރިވެ، ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރާއްޖެ އެތެރެވުމަށް ދޫކުރާ ވިސާ ދިނުމާއި ހިލާފު ކަމެއް ކަމަށެވެ. އެ ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ކަންކަމުގައި ބިދޭސީން ބައިވެރި ކުރާ ދިވެހިންނާ ދެކޮޅަށްވެސް އޮންނަ އުސޫލުގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށެވެ.
އިމިގްރެޝަނުގެ ބަޔާނުގައި ބުނެފައިވަނީ ގާނޫނާއި ހިލާފަށް އުޅޭ ބިދޭސީން ފޮނުވާލުމަށް އެ ޑިޕާޓްމަންޓުން ފަސް ނުޖެހޭނެ ކަމަށެވެ.
އިމިގްރޭޝަނުން މިފަދަ ބަޔާނެއް ނެރުނު އިރު ވެރިކަން ކުރާ ޕީޕީއެމްއިން މާލެއާއި ހުޅުމާލޭގައި ހިންގާ ކެމްޕެއިން ހަރަކާތްތަކުގައި ބިދޭސީން ބައިވެރި ކުރުވާކަމަށް އާންމުންނާއި އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރެ އެވެ. އެގޮތުން ޕީޕީއެމްގެ ދިދަފަތި ދެމުމަށާއި، ޕޯސްޓަރު ހަރު ކުރުމަށް ބިދޭސީން ހަރަކާތްތެރިވާ ވީޑިއޯ އާއި ފޮޓޯ ސޯޝަލް މީޑިއާގައި މީގެ ކުރިން އާންމުވެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް