މަލަހިނީގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ދިވެއްސަކު ފިހިއްޖެ

މަލަހިނި ކުޑަ ބަނޑޮސްގެ ޑައިވިން ސްކޫލްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ. މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަށް ކޮށްފައިވަނީ މެންދުރު 1:07 ހާއިރު އެވެ. އެމްއެންޑީއ...

08 Sep 2018 | 11:12

މަލަހިނި ކުޑަ ބަނޑޮސްގެ ޑައިވިން ސްކޫލްގައި މިއަދު އަލިފާނުގެ ހާދިސާއެއް ހިނގައިފި އެވެ.

މި ހާދިސާގެ ރިޕޯޓު އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އަށް ކޮށްފައިވަނީ މެންދުރު 1:07 ހާއިރު އެވެ. އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ  އެމްއެންޑީއެފް ފަޔާ ޓީމު އެ ރިސޯޓަށް ދިޔައިރު ރިސޯޓުގެ ފަޔާ ޓީމުން ވަނީ އަލިފާން ގަނޑު ކޮންޓްރޯލް ކޮށްފައި ކަމަށެވެ. އަލިފާންގަނޑު ކޮންޓްރޯލް ވީ 1:45 ހާއިރު އެވެ.

މި ހާދިސާގައި އެ ރިސޯޓުގެ ދިވެހި މުވައްޒަފަކު ވަނީ ފިހިފަ އެވެ. އޭނާއަށް ފަރުވާ ދިނުމަށް މިހާރު މާލެ ގެނެސްފައިވާއިރު ލިބިފައިވާ ގެއްލުންތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.

މި ހާދިސާގައި މަލަހިނީގެ ޑައިވިން ސްކޫލް އާއި އިންވެގެން ހުރި ޑައިވް ސާމާނުތައް ބަހައްޓާފައި ހުރި ތަނުގައި ހުރި ސާމާނުތަކާއި އެކު ވަނީ އަނދާ ހުލިވެފައި އެވެ. ޑައިވިން ސްކޫލަށް މާބޮޑު ގެއްލުންތަކެއް ނުވެ އެވެ.

މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަތީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް