ސިނަމާލޭ ބުރިޖް ހުރަސްކޮށް ޓެކްސީ ދަތުރެއް ކޮށްދޭ އަގަކީ 250 ރުފިޔާ ކަމުގައި ދުވަސް އަށް މަޢުލޫމާތު ލިބިއްޖެއެއެވެ.
މިދިޔަ މަހުގެ 30 ވަނަ ދުވަހުގައި ހުޅުވި ސިނަމާލޭ ބުރިޖު އާންމުނަށް ބޭނުންކުރެވޭގޮތަށް ހުޅުވާލާފައިވަނީ އިއްޔެ ހަވީރު އެވެ،.
ބައެއް ޓެކްސީ ސެންޓަރ ތަކުން މަޢުލޫމާތު ދޭގޮތުގައި ބުރިޖު މަތީގައި ކުރާ ކޮންމެ ޓެކްސީ ދަތުރަކަށް ނަގަނީ 150 ރުފިޔާ އެވެ. އެހެންނަމަވެސް މާލޭގައި ނުވަތަ ހުޅުމާލޭގައި އެއް ގަޑިއިރު މަޑުކުރާނަމަ 250 ރުފިޔާ ނަގާނެއެވެ. އެހެންނަމަވެސް ބައެއް ޓެކްސީ ޑްރައިވަރުން ކޮންމެ ދަތުރަކަށް 250 ރުފިޔާ ނަގާކަމަށް ބައެއް ސެންޓަރ ތަކުން ބުނެއެވެ.
ޓެކްސީ ސެންޓަރ ތަކުން އިތުރަށް މަޢުލޫމާތު ދެމުން ބުނީ ކަމާބެހޭ އެއްވެސް އިދާރާއަކުން އަދި މިހާތަނަށް ސިނަމާލެ ބުރިޖު މަތީގައި ކުރެވޭ ޓެކްސީ ދަތުރުތަކަށް ނަގާނެ ރޭޓްތަކެއް އަންގާފައި ނުވާކަމަށެވެ.
އިއްޔެ ހަވީރު ސިނަމާލެ ބުރިޖު އާންމުނަށް ހުޅުވާލުމާއެކު އިއްޔެ ހަވީރުން ފެށިގެން އެތައް ބަޔަކު ވަނީ ބުރިޖު މަތީގައި ސައިކަލު ދުއްވާފައެވެ. ބުރިޖު މަތީގައި ދަތުރުކުރުމަށް ނެގޭ ޓޯލް ނަގަންފަށަނީ މިމަހުގެ 23 ގެ ފަހުން ކަމަށް ވުމާއެކު މިހާރު ބުރިޖުގައި ކުރާ އެއްވެސް ދަތުރަކަށް ޓޯލް ފައިސާ ދައްކާކަށް ނުޖެހޭނެއެވެ. އަދި މިހާރު ބުރިޖު މަތީގައި އެމްޕީއެލް ގެ ބަހުގެ ހިދުމަތްވެސް ވަނީ ފަށާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް