ހިތަދޫ ބަނދަރާއި، މާމެންދޭ ނަރުދަމާގެ ހިދުމަތް ރައީސް ރަސްމީކޮށް ފައްޓަވައިދެއްވައިފި

ލ. ހިތަދޫގައި ސަރުކާރުން ގާއިމްކޮށްފައިވާ ބަނދަރާއި، އެ އަތޮޅު މާމެންދޫގައި ގާއިމް ކުރި ނަރުދަމާގެ ހިދުމަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ. ރައީސް މިއަދު ހައްދަުން މައްޗަށް...

08 Sep 2018 | 07:34

ލ. ހިތަދޫގައި ސަރުކާރުން ގާއިމްކޮށްފައިވާ ބަނދަރާއި، އެ އަތޮޅު މާމެންދޫގައި ގާއިމް ކުރި ނަރުދަމާގެ ހިދުމަތް ރައީސް އަބްދުﷲ ޔާމީން ރަސްމީކޮށް ފައްޓަވައިދެއްވައިފި އެވެ.

ރައީސް މިއަދު ހައްދަުން މައްޗަށް ފެއްޓެވި ދަތުރުފުޅުގައި ފުރަތަމަ ވަޑައިގެންނެވީ ހިތަދޫ އަށެވެ. އެ ރަށަށް ރައީސް ވަޑައިގެންނެވުމުން ހޫނު މަރުހަބާއެއް ރައްޔިތުންގެ ފަރާތުން ކީއިރު ދެން އެ މަނިކުފާނު ވަޑައިގެންނެވީ މާމެންދޫ އަށެވެ.

މާމެންދޫ ރައްޔިތުންނާއި ބައްދަލު ކުރެއްވުމުގެ އިތުރުން އެ ރަށުގައި ގާއިމްކޮށްފައިވާ ނަރުދަމާ ނިޒާމުގެ ހިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވި އެވެ.

ލ. އަތޮޅަށް ރައީސް ޔާމީން ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދެން ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ، ލ. ގަން، މާބައިދޫ އަދި ފޮނަދޫ އަށެވެ. ގަން، މި ރަށްތަކުގެ ތެރެއިން ގަމު ތުނޑީ އަވަށާޢި، މާބައިދޫ ބަނދަރު ހުޅުވައި، ފޮނަދޫ ފެނުގެ ނިޒާމު އިފްތިތާހު ކޮށްދެއްވުމަށް ހަމަޖެހިފައިވެ އެވެ.

އަދި ރައީސްގެ މި ދަތުރުފުޅުގައި ހައްދުންމަތީ ބޮޑު މަގު ރަސްމީކޮށް ހުޅުވައިދެއްވާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް