ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވޯޓުލާ ފަރާތްތަކުގެ ލިސްޓުގައި ރިޔާސީ ދެ ކެނޑިޑޭޓުންގެ ފަރާތުން ސޮއިކުރުމުގެ މަސައްކަތް މިއަދު ފަށާފައިވާކަމުގައި އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސުން މިކަން ހާމަކޮށްފައިވަނީ އެ ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
ނޫސްވެރިންގެ އެ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުން އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ އެ މަސައްކަތް ބުދަ ދުވަހުގެ ހަވީރު ހަޔަކާއި ހަމައަށް ކުރިއަށްދާނެކަމަށާއި އެކަން ދަނީ ވަރަށް "ސުމޫތުކޮށް" ކަމަށެވެ.
ޝަރީފް ވިދާޅުވީ ކޮންމެ ކެނޑިޑޭޓެއްގެ ފަރާތުންވެސް 25 މަންދޫބަކަށް ސޮއި ކުރުމުގެ ފުރުސަތު އޮންނާނެ ކަމަށާއި ސޮއިކުރަން ފަސް ދުވަހުގެ މުއްދަތެއް ދެއްވީ، އިތުރު ވަގުތު ބޭނުންވާ ކަމަށް އެއް ކެންޑިޑޭޓަކު އެދިވަޑައިގަތުމުން ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް