އެމްޑީޕީ ދިދަތައް ކަނޑާ ވީޑިއޯއަކާއެކު އެމްޕީ މަހްލޫފްގެ ސުވާލެއް ފުލުހުންނަށް

ޕީޕީއެމް އަށް ނިސްބަތްވާކަމަށް ބެލެވޭ ބަޔަކު ފާޅުގައި އެމްޑީޕީގެ ދިދަތައް ކަނޑާ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ. ...

08 Sep 2018 | 06:10

ޕީޕީއެމް އަށް ނިސްބަތްވާކަމަށް ބެލެވޭ ބަޔަކު ފާޅުގައި އެމްޑީޕީގެ ދިދަތައް ކަނޑާ މަންޒަރު ފެންނަ ވީޑިއޯއަކާއެކު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފް ސުވާލުތަކެއް ކުރިމަތިކުރައްވައިފިއެވެ.

އެގޮތުން އެ ވީޑިއޯއާއެކު މަހްލޫފް ވިދާޅުވެފައިވަނީ ފާޅުގައި އެމްޑީޕީގެ ދިދަތައް ކަނޑާ ނަގަނީ ކަމަށާއި ފުލުހުން އެމީހުން ހައްޔަރުކޮށްފިތޯ؟އެވެ. އަދި ކޮލަމާފުށި 18 ޒުވާނުންގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރިގޮތަށް ޕީޕީއެމްގެ އެ ސަޕޯޓަރުންނަށް ޓެރަރިޒަމްގެ ދައުވާ ކޮށްފިންތޯ؟ އެވެ.

https://twitter.com/AhmedMahloof/status/1038295983967203328

މަހްލޫފް މިހެން ވިދާޅުވެފައިވާއިރު ކޮލަމާފުށީގައި ޕީޕީއެމްގެ ދިދަތައް ކެނޑިކަމަށާއި ޕީޕީއެމްގެ ޖަގަހައަކަށް ގެއްލުން ދިންކަމުގެ ތުހުމަތުގައި އެ ރަށުގެ 18 މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ތުހުމަތުކޮށް ހައްޔަރުކޮށްފައިވެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް