ގެއްލުވާލާ، މަރާލާފައިވާ ނޫސްވެރިޔާ، ރިޟްވާނުގެ ހަނދާނުގައި ފޮތަކާއި ލަވައެއް ނެރެފި

ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ ހަނދާނުގައި ބަޔޮގްރަފީ ފޮތަކާއި ލަވައެއް ނެރެފިއެވެ. މި ފޮތާއި ލަވަ ނެރެފައިވަނީ ރާއްޖެ ޓީވީގެ މިއަދުގެ "ފަށާއިރު" ޕްރޮގްރާމުގައެވެ. ފޮ...

08 Aug 2020 | 07:15

ގެއްލުވާލާފައިވާ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިޟްވާންގެ ހަނދާނުގައި ބަޔޮގްރަފީ ފޮތަކާއި ލަވައެއް ނެރެފިއެވެ.

މި ފޮތާއި ލަވަ ނެރެފައިވަނީ ރާއްޖެ ޓީވީގެ މިއަދުގެ "ފަށާއިރު" ޕްރޮގްރާމުގައެވެ. ފޮތާއި ލަވަ ނެރެފައިމިވަނީ ރިޟްވާނު ގެއްލުނުތާ ހަ އަހަރު ފުރުމާގުޅިގެން، އޭނާގެ އާއިލާގެ ފަރާތުންނެވެ.

މިއަދު ނެރުނު ބަޔޮގްރަފީ ފޮތަކީ ރިޟްވާންގެ ހަޔާތުގެ މައްޗަށް ބިނާކޮށް ތައްޔާރުކޮށްފައިވާ ބަޔޮގްރަފީއެކެވެ.

މިއަދު ނެރެނު ފޮތަށް ދީފައިވާ ނަމަކީ "ގެއްލުވާލީ މައުސޫމް ދިވެހި ދަރިއެއް" އަދި ލަވައަށް ދީފައިވާ ނަމަކީ "ވިންދު ދިޔައީ ގެއްލިގެން" އެވެ.

ބަޔަކު ގަދަކަމުން ގެންގޮސް ރިޟްވާން ގެއްލުވާލާފައިވަނީ 2014 ވަނަ އަހަރުގެ އޯގަސްޓް މަހުގެ އަށްވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެއިންނެވެ.

މި ސަރުކާރުގެ މަރު ކޮމިޝަނުން ނެރެފައިވާ ރިޕޯޓްގައި ބުނެފައިވާގޮތުގައި ރިޟްވާން ވަނީ ރަހުމް ކުޑަ ގޮތަކަށް މަރާލާފައެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް