ކުރިޔަށް އޮތް ޢީދު ބަންދާއި ދިމާކޮށް އެމްޕީއެލް އާއި އެމްޓީސީސީ އިން ދޭ ބަހުގެ ހިދުމަތުގެ ވަގުތުތައް އަވަސްކޮށް، ބަސް ދަތުރުތައް އިތުރުކޮށްފިއެވެ.
ބަސް ދަތުރުތައް އިތުކޮށްފައިވަނީ ގިނަ އަދަދެއްގެ ރައްޔިތުން ޢީދާއި ދިމާކޮށް މާލެއިން ބޭރަށް ފުރާނެތީ، ފުރާ މީހުންނަށް ފަސޭހަކޮށްދިނުމަށްޓަކައެވެ.
ޓްރާންސްޕޯޓް މިނިސްޓްރީއިން ރޭ ކޮށްފައިވާ ޓްވީޓެއްގައި ބުނެފައިވަނީ މާލެ އާއި ހުޅުލެ އާއި ދެމެދު އެމްޕީއެލް އިން ދޭ ބަހުގެ ހިމުމަތް، ޗުއްޓީއާ ދިމާކޮށް ކޮންމެ 30 މިނެޓަކުން ދޭނެ ކަމަށެވެ. އަދި މާލޭގެ ތިން ބަސް ސްޓޮޕަށް ވެސް އެއާޕޯޓު ބަސް މަޑުކޮށް ދާގީނާ އާއި ފަސިންޖަރުން އަރުވާނެ ކަމަށެވެ.
From 23:00hrs onwards every 30 minutes MPL bus will operate from Hulhule to Male' and Male' to Hulhule. Bus will stop at every bus stop and unload luggages. @PoliceMv @MTCCPlc @Portmv
— Ministry of Transport and Civil Aviation (@MOTC_MV) August 7, 2019
މީގެ އިތުރުން އެމްޓީސީސީ އިން މިއަދު ބުނީ ކުރިއަށް އޮތް ބަންދު ތެރޭގައި ހުޅުމާލެ އާއި އެއާޕޯޓް އާއި ދެމެދުގެ ބަސްދަތުރުތައް ޕީކް ގަޑިތަކުގައި އިތުރުކުރާނެ ކަމަށެވެ. އަދި ހުޅުމާލެ ނެއިބަހުޑް ބަހުގައި ކަސްޓަމަރުންނަށް ލަގެޖް ގެންދިއުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް