ވިޒިޓް ލާމު ޢީދު އުފާ ޓީޝާޓްތައް ވިއްކަން ފަށައިފި

ލާމު އަތޮޅު ޕްރޮމޯޓް ކުރުމަށް ހިންގަމުން އަންނަ ވިޒިޓް ލާމުގެ ޢީދު ޓީޝާޓް ވިއްކަން ފަށައިފިއެވެ. ދުވަހަށް މައުލޫމާތު ދެމުން ވިޒިޓް ލާމުން ބުނީ ޓީސާޓުތައް މިއަދު ހެނދުނުން ފެށިގެން ލިބެމުންދާނެ ކަމަށާއ...

08 Aug 2019 | 06:05

ލާމު އަތޮޅު ޕްރޮމޯޓް ކުރުމަށް ހިންގަމުން އަންނަ ވިޒިޓް ލާމުގެ ޢީދު ޓީޝާޓް ވިއްކަން ފަށައިފިއެވެ.

ދުވަހަށް މައުލޫމާތު ދެމުން ވިޒިޓް ލާމުން ބުނީ ޓީސާޓުތައް މިއަދު ހެނދުނުން ފެށިގެން ލިބެމުންދާނެ ކަމަށާއި 9962226އަށް ގުޅުމުން ޓީޝާޓް ބައްލަވައިގަނެވޭނެ އިންތިޒާމް ހަމަޖެހިގެންދާނެ ކަމަށެވެ.

ވިޒިޓް ލާމުން ވިއްކާ ޢީދު ޓީޝާޓުތައް ކުޑަކުދިންގެ ހަތަރު ސައިޒެއް އަދި ބޮޑެތި މީހުންނަށް ސްމޯލް، މީޑިއަމް، ލާޖް އަދި އެކްސް ލާޖުވެސް ލިބޭނެ ކަމުގައި ވިޒިޓް ލާމުން ބުނެއެވެ. ކުޑަކުދިންގެ ޓީޝާޓެއް ވިއްކާ އަގަކީ 150 ރުފިޔާއެވެ. ބޮޑެތި މީހުންގެ ޓީޝާޓެއް ވިއްކާ އަގަކީ 200 ރުފިޔާއެވެ.

ވިޒިޓް ލާމަކީ ލާމު އަތޮޅު ޕްރޮމޯޓް ކުރުމަށް، ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ ކޯޕަރޭޓިވް ސޮޝައިޓީ އެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް