އަނެއްކާވެސް ތެލެސީމިޔާ އަންހެން ކުއްޖަކު ނިޔާވެއްޖެއެވެ.
މިފަހަރު ނިޔާވެފައިވަނީ އދ.މާމިގިއްޔަށް ނިސްބަތްވާ އުމުރުން 18 އަހަރުގެ އަންހެން ކުއްޖެކެވެ. މި ކުއްޖާ ނިޔާވެފައިވަނީ ރޭ ފަތިހުގެ ވަގުތެއްގައެވެ.
ރޭ ފަތިހު ނިޔާވީ އިންޑިއާގެ ބެންގަލޯރުގެ ހޮސްޕިޓަލެއްގައި ބޯންމެރޯ ހެދުމަށްފަހު ފަރުވާދެމުންދިޔަ ކުއްޖެއް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ.
މިކުއްޖާ ނިޔާވެފައިވަނީ އިންޑިއާގެ ‘މެނިޕަލް ހޮސްޕިޓަލް” ގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެވެ.
މި ހަފްތާ ތެރޭގައި މާމިގިލިން ވަނީ އެހެން ތެލެސީމިޔާ ކުއްޖެއްވެސް ނިޔާވެފައެވެ. 17 އަހަރުގެ އެ ކުއްޖާ ނިޔާވެފައިވަނީ މާލޭގައެވެ.
މިއީ ވޭތުވެދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ނިޔާވި ތެލަސީމިއާ 9 ވަނަ ކުއްޖާއެވެ. މިކަމާ ކަންބޮޑުވުން ފާޅުކޮށް އެކަމުގެ ހަގީގަތް ބެލުމަށް ތެލަސީމިއާ ސޮސައިޓީއިން ވަނީ ގޮވާލާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް