އަޟްޙާ ޢީދު ބަންދާއި ދިމާކޮށް ރަށްރަށަށް ފުރާ ފަރާތްތައް ހޭލުންތެރިކުރުމުގެ ގޮތުން ފުލުހުންގެ ކްރައިމް ޕްރިވެންޝަން އެންޑް ޕަބްލިކް އެފެއާޒްގެ ފަރާތުން ހޭލުންތެރި ކުރުމުގެ ޕްރޮގްރާމެއް ފަށައިފިއެވެ.
މިމަހުގެ ފަސް ވަނަ ދުވަހު ފެށި މި ޕްރޮގްރާމަކީ ހަ ދުވަހަށް ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމަކީ ޢީދު ބަންދާ ދިމާކޮށް ރަށްރަށަށް ފުރާ ފަރާތްތަކަށް، ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އެޅިދާނެ ފިޔަޅުތައް ބުނެދިނުމުގެ ގޮތުން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ.
ފުލުހުން ވިދާޅުވީ، މި ޕްރޮގްރާމުގައި، މާލޭގެ އެކި ސަރަހައްދުތަކުގައި މޭޒުތައް ބަހައްޓައިގެން މަޢުލޫމާތު ދިނުމާއި، މާލެއިން ފުރާ ބޯޓުފަހަރުތަކަށް ޒިޔާރަތްކޮށް މަޢުލޫމާތު ފޯރުކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.
ފައިސާ އާއި އަގުހުރި މުދާފަދަ ތަކެތި ދޫކޮށްފައި ދާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި އަމިއްލަ ރައްކާތެރިކަމަށް އެޅޭނެ ފިޔަވަޅުތަކާއި، މިހާރަކަށް އައިސް ސައިކަލު ވަގަށް ނެގުމުގެ މައްސަލަތައް އިތުރުވެފައިވާތީ އެފަދަ މުދަލާމެދު ސަމާލުވާނެ ގޮތްތަކާ ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ހަމަޖެހިފައިވާ ކަމަށްވެސް ވިދާޅުވިއެވެ.
މީގެއިތުރުން ސައިކަލުފަދަ މުދާ އެއްރަށުން އަނެއް ރަށަށް ގެންދިއުމުގައި އޮޑިދޯނިފަހަރުގެ ވެރީން ސަމާލުކަންދީގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފުލުހުން ދަނީ ނަސޭހަތްތެރި ވަމުންނެވެ.
މި ޕްރޮގްރާމުގައި ތަފާތު މުހިންމު މަޢުލޫމާތުތައް ހިމެނޭ ލުއިފޮތާއި ޕޯސްޓަރުފަދަ ތަކެތި ފޯރުކޮށްދިނުމަށްވެސްވަނީ ހަމަޖެހިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް