އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް ތ އަދި ލ އަތޮޅަށް ފެއްޓެވި ދަތުރުފުޅު ނިންމަވާލައްވައި މިރޭ މާލެ ވަޑައިގެންފި އެވެ.
ތ އަތޮޅު ތިމަރަފުށިން ފެއްޓެވި ކެމްޕޭނު ދަތުރު މިއަދު ލ ފޮނަދޫން ނިންމާލާފައިވާއިރު ދެ އަތޮޅުން ލިބުނު ތަރުހީބާއި ތާއީދަށް ޝުކުރު އަދާކޮށް އެކި ރަސްމިއްޔާތުތަކުގައި އިބޫ ވާހަކަފުޅު ދައްކަވާފައި ވެ އެވެ.
އިބޫ ތ އަދި ލ އަތޮޅަށް ދަތުފުޅު ފެއްޓެވީ މި މަހުގެ ފަސް ވަނަ ދުވަހު އެވެ. މި ދަތުރުފުޅުގައި އިބޫގެ އަރިހުގައި ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު ޑރ. ހުސައިން ރަޝީދާއި އަދާލަތު ޕާޓީގެ ނައިބު ރައީސް އަލީ ޒާހިރުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރިފޯމް މޫވްމެންޓުގައި އުޅުއްވާ، ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމް (ލޯޔަރު ވައްޑެ) ހިމެނިވަޑައިގަންނަވަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް