ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް ކެމްޕޭނު ކުރުމުގެ ގޮތުން އިދިކޮޅު ސިޔާސީ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހް (އިބޫ) މިހާރު ތ އަދި ލ އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ލ ފޮނަދުއަށް ވަޑައިގަތުމުން އިބޫއަށް ފޮނަދޫން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.
އަތޮޅުގެ ވެރިކަން ކުރާ ރަށް، ލ ފޮނަދުއަށް އިބޫ އަދި ކެމްޕޭނު ޓީމު ވަޑައިގަތީ މިއަދު ހަވީރު 05:00 ހާއިރުގައި އެވެ. އިބޫ އަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ ކުޑަކުދިންނާއި އަންހެންވެރިންނާއި ފިރިހެނުން އަދި ކުރީގެ ކަތީބުކަން ކުރައްވާފައިވާ ބޭފުޅުންނާއި އުމުރުން ދުވަސްވީ ބައެއް ބޭފުޅުންވެސް ބައިވެރިވެފައި ވެ އެވެ.
އިބޫއަށް ލ ފޮނަދޫން މިއަދު ހޫނު މަރުހަބާއެއް ކިޔާފައިވާއިރު ލ ފޮނަދޫ އަކީ އަބަދުވެސް ސަރުކާރަށް ތާއީދު ބޮޑު ރަށެއްގެ ގޮތުގައި ވެރިކަންކުރާ ޕާޓީ، ޕީޕީއެމް އިން ފާހަގަކުރާ ރަށެކެވެ.
އިބޫ ތ އަދި ލ އަތޮޅަށް ފެއްޓެވި ކެމްޕޭނު ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިރޭ މާލެ ވަޑައިގަންނަވާނެ ކަމަށް އިބޫގެ ކެމްޕޭނު ޓީމުން މައުލޫމާތު ދެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް