ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ޕްރިޔަންކާ ޗޮޕްރާ އަކީ މިދުވަސްވަރު ބޮލީވުޑްގެ ޚަބަރުތަކުން އެންމެ ގިނައިން ފެންނަމުންދާ ތަރިއެވެ. ޕްރިޔަންކާ ޗޮޕްރާ އާއި އެމެރިކާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރ ނިކް ޖޯނަސް އާ ދެމެދު އޮތް ލޯބީގެ ގުޅުމާއި އެކު ގިނަބަޔެއްގެ ލޯތައް ވަނީ ޕްރިޔަންކާ އާއި ނިކް އަށް އަމާޒުވެފައެވެ. އެދެމީހުންގެ ދިރިއުޅުމުގައި ހިނގާކަންކަން ބަލަން ގިނަބަޔަކު ބޭނުންވާއިރު އެ ދެމީހުން ކުރާ ކަންކަމަށް އެތައް ބަޔަކު އަންނަނީ ފާރަލަމުންނެވެ. ނަމަވެސް ޕްރިޔަންކާ ހުރީ އޭނާގެ ޒާތީ ދިރިއުޅުމުގައި ހިނގާ ކަންކަން އާންމުންނަށް ކިޔައިދީ ދުވަހުން ދުވަހަށް އެ ކަންކަން އާންމުންނާ ހިއްސާ ކުރާގޮތަކަށް ނޫނެވެ. ދާދިފަހުން ދިން އިންޓަރވިއުއެއްގައި ޕްރިޔަންކާ ބުނެފައިވަނީ އޭނާގެ ޒާތީ ދިރިއުޅުމުގައި ހިނގާ ކަންކަމުގެ ތަފްސީލު އާންމުންނަށް ދޭން ޖެހޭނެކަމަށް ޤަބޫލުނުކުރާ ކަމަ ށެވެ.
" އަހަރެންގެ ޒާތީ ދިރިއުޅުމުގައި ހިނގާކަންކަމުގެ ތަފްސީލު އާންމުންނަށް ދޭންޖެހޭ ކަމަކަށް އަހަންނަށް ޤަބޫލެއް ނުކުރެވޭ. 90 ޕަސެންޓް އެއީ އާންމުންނަށް. ބާކީ 10 ޕަސެންޓަކީ އަހަރެންގެ ބައި. އަހަންނަނީ އަންހެނެއް. އަހަރެންގެ ދިރިއުޅުމުގައި އެވަރުގެ ޕަސެންޓެއް އަހަންނަށް އޮންނާނެކަމަށް ޤަބޫލުކުރަނީ. އަހަރެންގެ އާއިލާ ، ރަހުމަތްތެރިން، ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހުން މި ގުޅުންތައް އަހަންނަން ހިޔެއް ނުވޭ އެއްވެސް މީހަކަށް އަހަރެން ކިޔައިދޭ އެކަންކަމުގެ ތަފްސީލު ދޭން ޖެހޭނެ ހެނެއް. އެއީ އަހަރެންގެ ޒާތީ ކަންކަން. އަހަރެން މިއުޅެނީ އިންތިޚާބަކަށް ކުރިމަތިލައިގެންނެއް ނޫން. " ޕްރިޔަންކާ ބުންޏެވެ.
ކޮންމެ އަކަސް ޕްރިޔަންކާ ހުރީ އޭނާގެ ޒާތީ ދިރިއުޅުމުގައި އުޅޭ މީހުންގެ މައުލޫމާތުތައް އާންމުންނަށް ދީ އެކަން ކުރި ސަބަބުތައް ކިޔައިދޭ ގޮތަކަށް ނޫނެވެ. އެހެންނަމަވެސް ޕްރިޔަންކާ އެވާހަކަތައް ކިޔައި ނުދިނަސް އެކަންކަން ބަލަން ބޭނުންވާ މީހުން އެކަންކަން ބަލާނެއެވެ. އެވާހަކަ ދައްކާނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް