ފަތުރުވެރިން ގޮވައިގެން ދަތުރުކުރި ލޯންޗެއްގައި އަލިފާން ރޯވެއްޖެ

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އަލިފާން ރޯވުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ. މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އ...

08 Aug 2018 | 06:26

ފަތުރުވެރިން ގޮވައިގެން ދަތުރުކުރަމުން ދިޔަ ލޯންޗެއްގައި އަލިފާން ރޯވުމުން ސިފައިން ހަރަކާތްތެރިވާން ފަށައިފި އެވެ.

މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އިބްރާހިމް އާޒިމް ވިދާޅުވީ ފަތުރުވެރިން ގޮވައިގެން ކ ހުރާ ކައިރިން ދަތުރުކުރި "އޯކިޑް 40" ނަމަކަށްކިޔާ ލޯންޗްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށެވެ.

"އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ހަރަކާތްތެރިވާން ފަށައިފި" އާޒިމް ވިދާޅުވި އެވެ.

އާޒިމް އިތުރަށް ވިދާޅުވީ މިކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު 10:50 ހާއިރު ކަމަށެވެ.

އަލިފާން ރޯވެފައިވަނީ ލޯންޗުގެ އިންޖީނުގައި އެވެ. އެއްވެސް ފަތުރުވެރިއަކަށް އަނިޔާއެއް ލިބިފައިނުވާކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް