އަންހެންކުދިން ކަންފަތް ތޮރުފުމަކީ ހުއްދަ ކަމެއް ކަމުގައި ޑރ. މުހައްމަދު އިޔާޒް އަބްދުލް ލަތީފް ވިދާޅުވެއްޖެ އެވެ.
ޑރ. އިޔާޒް މިހެން ވިދާޅުވެފައިވަނީ އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސް އަށް މީހަކު ފޮނުވާފައިވާ ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.
އެ ސުވާލުގައި ބުނެފައިވަނީ ކަންފަތް ތޮރުފިތަނުން މަހުޝަރު ދުވަހު ފަނި ނިކުންނާނެ ކަމަށް ބައެއް މީހުން ބުނާ ކަމަށާއި އެއީ ތެދު ވާހަކަތެއްތޯ؟ އެވެ.
ޖަވާބުގައި ޑރ. އިޔާޒް ވިދާޅުވެފައިވަނީ އެއީ ހުއްދަ ކަމެއް ކަމަށެވެ.
އިސްލާމިކް ނޮލެޖް ވައިބަރ ގްރޫޕްސް އަކީ ދީނީ ސުވާލު ކުރުމަށް ހުޅުވާލާފައިވާ ޕްލެޓްފޯމެކެވެ. އެ ޕްލެޓްފޯމްގައި ޑރ. އިޔާޒް އަންނަނީ ކުރެވޭ ދީނީ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް