ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ފަނޑިޔާރުކަމުން ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އެދިއްޖެއެވެ.
މިގޮތަށް އެދިފައިވަނީ ފަނޑިޔާރު ދީދީގެ މައްސަލަ ބައްލަވަމުންގެންދަވާ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީގެ) ވަގުތީ ކޮމިޓީންނެވެ.
މީޑިއާއަށް މައުލޫމާތުދެމުން ޖޭއެސްސީން ބުނެފައިވާގޮތުގައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އަބްދުﷲ ދީދީއާއި ގުޅޭގޮތުން، ޖޭއެސްސީން ތަހްގީގު ކުރަމުންދިޔަ ޝަކުވާ، ތަހުގީގު ކޮމިޓީގެ ތަހުގީގު ނިމުނުގޮތުގެ ރިޕޯޓް އެ ކޮމިޝަނަށް ބަލައިގަތުމަށް، މިއަދު ބޭއްވުނު އެ ކޮމިޝަނުގެ ޖަލްސާއިން ވަނީ ނިންމާފައެވެ.
"މިއަދުގެ ޖަލްސާއަށް ތަހުގީގު ކޮމިޓީން، ތަހުގީގު ކުރުމަށްފަހު ހުށަހަޅާފައިވާ ރިޕޯޓުގައި، ހުށަހަޅުއްވާފައިވަނީ ފަނޑިޔާރުކަމުގެ މަގާމުން، ޝަކުވާ ރައްދުވާ ފަނޑިޔާރު ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށެވެ" ޖޭއެސްސީން ބުނެފައިވެއެވެ.
ޖޭއެސްސީން ބުނެފައިވާގޮތުގައި މި ނިންމުމާއި ގުޅިގެން ޖަވާބުދާރީވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އަށް 30 ދުވަހުގެ މުއްދަތެއް މާދަމައިން ފެށިގެން ވަނީ ދެވިފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް