ޝާޔަން އޭސީސީއަށް ހާޒިރުކުރުމަށް ކޯޓު އަމުރަކަށް އެދިއްޖެ

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖުމަންޓު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢައިމިނަތު ޝާޔަން ޝާހިދު އެންޓިކޮރަޕްޝަން...

08 Jul 2019 | 10:37

ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް)ގެ ކުރީގެ މެނޭޖުމަންޓު ހިންގާފައިވާ ކޮރަޕްޝަންގެ މައްސަލަތަކާއި ގުޅިގެން އެ ކުންފުނީގެ ކުރީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޢައިމިނަތު ޝާޔަން ޝާހިދު އެންޓިކޮރަޕްޝަން ކޮމިޝަނަށް ހާޒިރު ކޮށްދިނުމަށް ކޯޓު އަމުރަކަށް އޭސީސީން އެދިއްޖެއެވެ.

އޭސީސީން ކޯޓު އަމުރަކަށް އެދިފައިވަނީ ކޮމިޝަންއިން ބަލަމުން އަންނަ މައްސަލައަކާއި ގުޅިގެން ތަހުޤީގަށް ހާޒިރުވުމަށް ތަކުރާރުކޮށް ޝާޔަންއަށް އެންގުމުންވެސް އޭނާ ހާޒިރުވެފައިނުވުމުންނެވެ.

އޭސީސީން އަންނަނީ ޕީއެސްއެމްއާ ގުޅޭ ކޮރަޕްޝަންގެ ގިނަ މައްސަލަތަކެއް ތަހުގީގު ކުރަމުންނެވެ. ޕީއެސްއެމްގެ މިހާރުގެ މެނޭޖުމަންޓުން އެ ކުންފުންޏާ ހަވާލުވިއިރު، ކުރީގެ މެނޭޖުމަންޓުން ފަށާފައިވާ ކަންތައްތަކުގެ ތެރެއިން ކޮރަޕްޝަނަށް މަގުފަހިވާ ކަމަށް ފާހަގަކުރެވުނު 20 އަށް ވުރެ ގިނަ މައްސަލަތައް އޭސީސީން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް