މިނިސްޓްރީ އޮފް ޖެންޑަރ އާއި ނުކުޅެދުންތެރިކަން ހުރި ފަރާތްތަކުގެ ހައްގުތައް ހިމާޔަތްކުރާ ކައުންސިލް ގުޅިގެން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން ރާއްޖެއަށް ރީތިނަން ހޯދާދީފައިވާ ފަރާތްތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުގައި މަސައްކަތްކުރާ ފަރާތްތަކުގެ އަގު ވަޒަންކުރުމަށް ދެމުން އަންނަ "ރިވެލި އެވޯޑް" އެކާވިސް ފަރާތަކަށް ދީފިއެވެ.
އިސްލާމިކް މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި އެ އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޖެންޑާ މިނިސްޓަރު ސިދާތާ ޝަރީފެވެ.
އެވޯޑު ލިބުނު 21 ފަރާތްތައް
- މުހައްމަދު ރައިޝާން އަހުމަދު، ހުސްނޫވިލާ، މ.މުލައް
- އަލްހާފިޒު އަހުމަދު ނަބީހު އަބްދުލްޤާދިރު، މާބަގީޗާގެ، ލ.މާވައް
- މަރްޔަމް ނޫރާ ރަޝާދު، މއ.ސެނަކާ
- ފާތިމަތު އިބްރާހީމް، ކާނިމާގެ، ޅ.ހިންނަވަރު
- އަލްހާފިޒު އަލީ އަމްޖަދު، ރަބީއު، ހދ.ކުޅުދުއްފުށި
- ޝަފީނާޒް ސައީދު، ހީނާމާގެ، ގއ.ކޮލަމާފުށި
- ރަޙުމާ އީސާ، ހ.ފިލްމީ ސައިޓް
- ދިމްނާ ފާކިރު، ގުލްދަސްތާގެ، ސ.ފޭދޫ
- ނަޙްވާން ޔޫސުފް، ތަންހަޅިއާގެ، ޅ.ނައިފަރު
- އަޔާން އާލް ބިން އަޙްމަދު ނާސިރު، މ.އަބާނާ
- ސިފުނާ އިބްރާހީމް، ފެހިވާދީ/ މ.މުލައް
- އަހުމަދު ނަހުޔާން ފައިސަލް، ނޫޑަލްހީ/ ޏ.ފުވައްމުލައް
- މަރިޔަމް ލުމައިހާ އާދިލް، މ.ސާނިޔާ
- މުޙައްމަދު ނިޔާފް، ލޫބިޔާ، ލ.ފޮނަދޫ
- ވަސްމީ ވަހީދު، ސޯސަންމާގެ، ބ.ތުޅާދޫ
- ޢަލީ އަމީން، ގ.ރަންރީދޫގެ
- މޯލްޑިވްސް އޯޓިޒަމް ސެންޓާ
- ބްލައިންޑް އެންޑް ވިޝުއަލީ އިމްޕަޔަޑް ސޮސައިޓީ އޮފް މޯލްޑިވްސް
- ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް
- ރޭޑިއޯ އެޓޯލް
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޝިދާތާ ޝަރީފު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ އެހީ ހޯދުމަށް އެފަދަ ޢާއިލާތަކުން ސަލާން ޖެހުން ހުއްޓުވަން ޖެހޭ ކަމަށެވެ. އެފަދަ ޢާއިލާތަކަށާއި އެކުދިންނަށް ބޭނުންވާ އެކި ކަންކަން ކުރުމުގައި އެކި ބާވަތުގެ އެހީތެރިކަން ބެނުންވާއިރު އެއީ ސަލާންޖަހައިގެން އާދޭސްކޮށްގެން އެޢާއިލާތަކަށް ދޭންޖެހޭ ކަންކަމަށް ހެދުން ހުއްޓުވަން ޖެހޭ ކަމަށް ޝިދާތާ ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް