ދިގުލާބަދޫގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ޙުކުމްކޮށްފި

ގދ. ދިގުލާބަދޫގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި އެވެ. މީރާއިން ބުނެފައިވާގޮތުގައި ހުކުމް ކޮށްފައިވަނީ ގދ. ދިގުލާބަދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީ...

08 Jul 2019 | 09:34

ގދ. ދިގުލާބަދޫގެ ކުއްޔާއި އެއާގުޅޭ ޖޫރިމަނާ މީރާއަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި އެވެ.

މީރާއިން ބުނެފައިވާގޮތުގައި ހުކުމް ކޮށްފައިވަނީ ގދ. ދިގުލާބަދޫ ކުއްޔަށް ދިނުމަށް މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އާއި އެކުއަރ ޓްރެޜަރ ޕްރައިވެޓް ލިމިޓެޑް އާ ދެމެދު ވެފައިވާ ކުއްޔަށް ދިނުމުގެ އެއްބަސްވުމުގެ ދަށުން އެފަރާތުން ދައްކަންޖެހޭ ކުލި އަދި ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާ އެވެ.

އެކުއަރ ޓްރެޜަރ ޕްރައިވެޓް ލިމިޓެޑްގެ މައްޗަށް ހުކުމް ކޮށްފައިވަނީ ކަނޑައެޅިފައިވާ ތާރީޚުގެ ނިޔަލަށް ދައްކަންޖެހޭ ކުލި އަދި އެއާގުޅޭ ޖޫރިމަނާ އާއެކު މުޅި ޖުމުލަ 188،532.56ރ (އެއް ލައްކަ އަށްޑިހަ ހާސް ފަސް ސަތޭކަ ތިރީސް ދެ ރުފިޔާ ފަންސާސް ހަ ލާރި) 3 (ތިނެއް) މަސްދުވަހުގެ ތެރޭގައި ދައްކާ ޚަލާޞް ކުރުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް