މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރަމުން ދިޔަ ގައިދީއަކަށް މާލެ ގެނެސް ފަރުވާ ދެމުން ދަނިކޮށް މަރުވެއްޖެ އެވެ.
މަރުވީ ގދ. ތިނަދޫ ސިލްވާ، ހަމްޒަތު އަހުމަދެވެ. އޭނާ މަރުވީ އޭޑީކޭ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށެ މިރޭ 9:30 ހާއިރު ކަމަށް ކަރެކްޝަންސް އިން ވަނީ މީޑިއާގައި ޔަގީންކޮށްދީފަ އެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި ހާލު ދެރަވެގެން ހަމްޒަތު މާލެ ގެނައީ މިދިޔަ ބުދަ ދުވަހު އެވެ. އައިޖީއެމްއެޗުގައި ފަރުވާ ދިނުމަށް ފަހު އޭޑީކޭއަށް ބަދަލު ކުރީ އާއިލައިން އެދިގެންނެވެ.
އޭނާއަށް ފަރުވާ ދިނުމަށް މާލެ ގެނައީ ސްޓްރޯކެއް ޖެހިގެން ކަމަށްވެ އެވެ. އަދި ހަމްޒަތަށް ފަރުވާދިނުމުގައި ކަރެކްޝަންސް އިން އިހުމާލުވެފައިވާ ކަމަށް ދަނީ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވެމުންނެވެ. މިކަމާ ގުޅޭގޮތުން އެ އިދާރާއިން އެއްޗެއް ހާމައެއް ނުކުރެ އެވެ.
މީގެކުރިން ވެސް ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ ބައެއް ގައިދީން މަރުވި އެވެ. އެކަމާ ގުޅިގެން އަދިވެސް ސަރުކާރަށް ދަނީ ގިނަ ފާޑު ކިޔުންތައް އަމާޒުވަމުންނެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް