ހޮހޮޅައިން ހަތަރު ކުއްޖަކު ސަލާމަތުން ނެރެފި

ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިންނާއި ކޯޗުގެ ތެރޭން ބައެއް ކުދިން މިހާތަނަށް ނެރެފައިވާކަމަށް ތައިލެންޑުން ބުނެފި އެވެ. މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތައި ގަވަރުނަރު ބުނެފ...

08 Jul 2018 | 13:57

ތައިލެންޑްގެ ހޮހޮޅައެއްގައި ތާށިވި 12 ކުދިންނާއި ކޯޗުގެ ތެރޭން ބައެއް ކުދިން މިހާތަނަށް ނެރެފައިވާކަމަށް ތައިލެންޑުން ބުނެފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ތައި ގަވަރުނަރު ބުނެފައިވަނީ މިހާތަނަށް ހަތަރު ކުއްޖަކު ނެރެ އެކުދިން ހޮސްޕިޓަލަށް ގެންގޮސްފައިވާކަމަށެވެ.

މީޑިއާއަށް މައުލޫމާތު ދެމުން ގަވަރުނަރު ބުނެފައިވަނީ ރެސްކިއު އޮޕަރޭޝަން ކުރިއަށްދަނީ ހީކުރި ވަރަށްވުރެ ރަނގަޅަށް ކަމަށެވެ.

ގަވަރުނަރު ބުނެފައިވަނީ އެންމެ ފުރަތަމަ ނެރުނީ ސިއްހީގޮތުން އެންމެ ރަނގަޅު  ކުދިން ކަމަށެވެ.

ހަތަރު ކުދިން ސަލާމަތް ކޮށްފައިވާއިރު އަދި ހޮހޮޅައިގާ އަށް ކުދިންނާއި ކޯޗު އެބަތިއްބެވެ.

ތަފްސީލް އަންނަނީ..

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް