ފްލެޓު ފޯމު ބަލައިގަތުން ހައުސިން މިނިސްޓްރީއަށް ބަދަލުކޮށްފި

ސަރުކާރުން ކުރިޔަށް ގެންދާ "ހިޔާ މަޝްރޫއު" ގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދޭ ފޯމު ބަލައިގަތުން ހައުސިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ. މީޑިއާ ކޮންސަލްޓަންޓު، އަހްމަދު ފަޒާލް މީޑިއާގައި ވިދާޅުވީ ދަ...

08 Jul 2018 | 06:40

ސަރުކާރުން ކުރިޔަށް ގެންދާ "ހިޔާ މަޝްރޫއު" ގެ ދަށުން ދޫކުރާ ފްލެޓުތަކަށް އެދޭ ފޯމު ބަލައިގަތުން ހައުސިން މިނިސްޓްރީއަށް ބަދަލުކޮށްފި އެވެ.

މީޑިއާ ކޮންސަލްޓަންޓު، އަހްމަދު ފަޒާލް މީޑިއާގައި ވިދާޅުވީ ދަރުބާރުގެ އެކޭ އެއްގޮތަށް އެ މިނިސްޓްރީގައި ވެސް ފޯމް ބަލައިގަތުމާއި މައުލޫމާތު ދިނުމަށް ފަސޭހަ ލުއި ގޮތްތަކެއް ހަމަޖައްސާފައިވާ ކަމަށެވެ. އެގޮތުން ފޯމު ހުށަހެޅުމާއި ފްލެޓާއި ގުޅޭ މައުލޫމާތު ހޯދުމަށް ބޭނުން ކުރާނީ އިއްޒުންދީން މަގަށްވާ ގޮތަށް ހުންނަ މިނިސްޓްރީ އަށް ވަންނަން ދޮރު ކަމަށެވެ.

ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ ކުރި އެކޭ އެއްގޮތަށް ހެނދުނު 9:00 ން މެންދުރު ފަހު 3:00 އަށް އަދި ހަވީރު 4:00 ން 6:00 އަށެވެ. ރޭގަނޑު 8:00 ން 11:00 އަށެވެ.

މިދިޔަ ހަފްތާގައި ހައުސިން މިނިސްޓްރީން ވަނީ ފޯމު ބަލައިގެންނަ އެންމެ ފަހު ތާރީހު އަންނަ މަހުގެ 31 ގެ ނިޔަލަށް އިތުރުކޮށްފައި އެވެ. މިނިސްޓަރު ޑރ މުހައްމަދު މުއިޒު ވިދާޅުވީ އެ ބަދަލު ގެނައީ ގިނަ ބަޔަކު ފޯމު ނަގާފައިވާތީ ފޯމު ހުށަހެޅުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.

މިދިޔަ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފްލެޓަށް އެދޭ ފަރާތްތަކުގެ ފޯމް ބަލައިގެންނަން ފަށާފައިވާއިރު މިހާތަނަށް ފޯމު ހުށަހެޅި މީހުންގެ އަދަދު ހާމައެއް ނުކުރެ އެވެ. އެކަމަކު 50،000 އަށް ވުރެ ގިނަ ފޯމް ނެގި ކަމަށް ހައުސިން މިނިސްޓްރީން ކުރިން ބުނެފަ ވެއެވެ.

މި މަޝްރޫއުގެ ދަށުން 17 ކެޓަގަރީއަކުން 7،000 ފްލެޓު ދިނުމަށް ވަނީ ހަމަޖެހިފައި އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް